އުރީދޫ ނޫން އެހެން ނެޓްވޯކުގެ ކަސްޓަމަރުންނަށް ވެސް އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރެވޭނެ ކަމަށް އުރީދޫން ބުނެފި އެވެ.
އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލްގެ ހިދުމަތް ގުޅާލުމުން ދިވެހިންނަށް ބައިނަލްއަގްވާމީ ޑިޖިޓަލް އިގްތިސާދުގައި ބައިވެރިވުމުގެ އާ ފުރުސަތުތަކެއް ވަނީ ހުޅުވިފަ އެވެ. މި ހިދުމަތުގެ އެންމެ ބޮޑު އެއް ފައިދާއަކީ ފަސޭހަކަމާ އެކު ބޭނުންކުރެވުމެވެ. އެގޮތުން:
ސައްހަ މޮބައިލް ނަންބަރެއް އޮތް ކޮންމެ ދިވެއްސަކަށް ވެސް އެމް-ފައިސާގައި ރަޖިސްޓަރީވެ، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕޭޕަލް އެކައުންޓެއް ހަދައިގެން ނުވަތަ މިހާރު ވެސް ބޭނުންކުރާ އެކައުންޓެއް މެދުވެރިކޮށް، މި ޕްލެޓްފޯމްގެ އެހީގައި ބައިނަލްއަގްވާމީ ފައިސާގެ މުއާމަލާތްތައް ކުރަން ފެށޭނެ
ބޭރުގެ ކްލައިންޓުންނާ އެކު މަސައްކަތްކުރާ ފްރީލާންސަރުންނާއި އޮންލައިންކޮށް އާމްދަނީ ހޯދާ ކޮންޓެންޓް އުފައްދާ ފަރާތްތަކާއި ބައިނަލްއަގްވާމީ ކަސްޓަމަރުންނަށް ހިދުމަތްދޭ ވިޔަފާރިވެރިންގެ އިތުރުން، ބޭރު ގައުމުތަކުގައި ތިބި އާއިލާ އާއި ރައްޓެހިންގެ އަތުން ފައިސާ ހޯދަން ބޭނުންވާ ފަރާތްތަކަށް ވެސް ޕޭޕަލް އަދި އެމް-ފައިސާ މެދުވެރިކޮށް ރައްކާތެރިކަމާ އެކު ފަސޭހައިން ފައިސާ ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
ސަލާމަތީ ރައްކާތެރިކަމާއި ގަވާއިދުތަކަށް ފެތުމަށްޓަކައި، އެމް-ފައިސާ އެކައުންޓާއި ޕޭޕަލް އެކައުންޓުގައި ރަޖިސްޓަރީކޮށްފައިވާ މައުލޫމާތުތައް މުޅިން އެއްގޮތްވާން ޖެހެ އެވެ.
ދެ އެކައުންޓުގައި ވެސް މި މައުލޫމާތުތައް އެއްގޮތްވާން ޖެހޭނެ:
ފުރިހަމަ ނަން
އީމެއިލް އެޑްރެސް
އުފަން ތާރީހު
މޮބައިލް ނަންބަރު
މީގެ އިތުރުން، މި ކަންކަމަށް ސަމާލުކަން ދޭންޖެހޭނެ:
އެކައުންޓް ހުޅުވާފައިވަނީ ރާއްޖެ ރީޖަންއަކަށް ނަގައިގެން ކަމުގައިވުން
ޕޭޕަލް އެކައުންޓަކީ ޑޮލަރު އެކައުންޓަކަށްވުން
ދެ އެކައުންޓުގެ މައުލޫމާތު އެއްގޮތްވުމުން، އެކައުންޓުގެ ވެރިފަރާތް ކަށަވަރުކުރުމަށް ފަސޭހަވެ، ދެ ޕްލެޓްފޯމް ގުޅާލުމުގެ މަސައްކަތް އެއްވެސް ދައްޗެއް ނެތް ގޮތެއްގައި ކުރިއަށްދާނެ އެވެ.
ރާއްޖެ ޑިޖިޓަލް ބަދަލުތަކަކަށް ދަތުރުކުރަމުން އަންނައިރު، ބައިނަލްއަގްވާމީ ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ޕްލެޓްފޯމްތަކުގެ މުހިންމުކަން އަންނަނީ އިތުރުވަމުންނެވެ. އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލްގެ ހިދުމަތްތައް ފޯރުކޮށްދިނުމުން، އުރީދޫން އަންނަނީ ދިވެހިން ބައިނަލްއަގްވާމީ ފުރުސަތުތަކާ ގުޅުވައިދީ، ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ދިވެހިންގެ ދައުރު ފުޅާކުރުމަށް އެހީތެރިވެދެމުންނެވެ.
މި ހިދުމަތަކީ، އިތުރަށް ގުޅިފައިވާ، އެންމެން ހިމެނޭ އަދި ޑިޖިޓަލް ގޮތުން ބާރުވެރިވެފައިވާ ރާއްޖެއަކަށް އެޅުނު އިތުރު ފިޔަވަޅެކެވެ. މީގެ ސަބަބުން ސައްހަ މޮބައިލް ނަންބަރެއް އޮތް ކޮންމެ މީހަކަށް ވެސް ބައިނަލްއަގްވާމީ ވިޔަފާރި އާއި އަމިއްލަ މަސައްކަތްތަކާއި އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދޭ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އުރީދޫ ނޫން ނަންބަރުތަކަށް ވެސް އެމް-ފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ