ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި
ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި، ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފިއެވެ. ޒަކާތު ހައުސްއިން ބުނީ، އެ ފައިސާ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް އިއްޔެ ޖަމާކޮށްދީފައިވާ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، މި ނޫނަސް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް 2024، ފެބްރުއަރީން ފެށިގެން ޒަކާތު ހައުސްއިން މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެންބަރުގައި އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވީ ފަހުން ބޯންމެރޯ ހަދަން 24 މީހަކަށް ޒަކާތު ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. https://sun.mv/214250 ތެލެސީމިއާ ހުންނަ މީހުންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ތެލެސީމިއާގެ ފަރުވާ ހޯދާ ކުދިންނަށް މި ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ކަމަށް އެ މަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމްކުރަން ވެސް މަސައްކަތް ފަށާފައެވެ. ނަމަވެސް، މިހާތަނަށް އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ