މާލޭގެ ބޮޑުތަކުރުފާނުމަގުން އަލަށް ހެދި ބައި މާދަމާ އާންމުންނަށް ބޭނުންކުރެވޭނެ ގޮތަށް ހުޅުވާލާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު މިއަދު އިޢުލާނު ކުރައްވައިފިއެވެ.
މިކަން ހާމަކުރެއްވީ އަލަށް ތަރައްޤީކުރި ޕާކިން ޒޯން ހިމެނޭ ސަރަހައްދުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި މަގު ހެދުމުގެ މަސައްކަތް ނިމުމާއެކު ގަސް އިންދުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ މާލޭގެ މަލަމަތި ރީތިކޮށް، ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމުގެ މަގްސަދުގައެވެ. އަދި މިހާރު ގަސް އިންދާފައިވާ ތަންތަނާއި އެހެނިހެން ސަރަހައްދުތަކުގައިވެސް ރުކާއި ތަފާތު މާމެލާމެލީގެ ގަސްތައް އިންދައި، މަގުތައް ފެހިކުރުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައިވެސް ބާރަށް ކުރިއަށްދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މަގު ހުޅުވާލުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އެއްވެސް ރަސްމިއްޔާތަކާ ނުލައި މާދަމާ ހަވީރު 4:00 އިން ފެށިގެން އާންމު ދަތުރުފަތުރަށް އެ މަގު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މަސައްކަތް އެއްކޮށް ނިމުމާއެކު މާދަމާ ހަވީރުން ފެށިގެން އާންމުންނަށް އެ ސަރަހައްދު ބޭނުންކުރެވޭނެއެވެ.
ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތުގެ އިތުރުން، މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫއުގެ ސާވޭގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތަކަށް ބޮޑު ބަދަލެއް އަންނާނެ އެވެ.
ބޮޑުތަކުރުފާނުމަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މާދަމާ ހުޅުވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ