ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ގެވެށި އަނިޔާގެ 236 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން ހާމަކޮށްފިއެވެ.
ގެވެށި އަނިޔާގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައިން ހުށަހެޅެނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާކުރުމުގެ މައްސަލަތަކެވެ. މީގެ އިތުރުން ބިރުދެއްކުމާއި ޖިސްމާނީ އަނިޔާ ދިނުމުގެ މައްސަލަތައް ވެސް ހުށަހެޅިފައިވާ ކަމަށް އެފްޕީއޭއިން ބުނެފައިވެއެވެ.
ގެވެށި އަނިޔާއާ ގުޅިގެން ޤާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި މިފަދަ މައްސަލަތަކަށް މީހުން ހޭލުންތެރިކުރުމަށްޓަކައި އެ އޮތޯރިޓީން ދަނީ ތަފާތު އެކި ހަރަކާތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދަމުންނެވެ.
ތިން މަސް ތެރޭ ގެވެށި އަނިޔާގެ 236 މައްސަލަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ