ކަރަންޓް ފޮށިތަކަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގެ ހުންނަ ވިނަރެސް ޓަވަރު 9ގެ ދެވަނަ ފަންގިފިލާގައި ހުރި ކަރަންޓް ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންނަށް މިމައްސަލަ ރިޕޯޓްކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. މިމައްސަލަ ހުށަހެޅުމާއެކު ފުލުހުން އެ ތަނަށް ގޮސް ބެލިބެލުމުން، ކަރަންޓު ފޮށިތަކަށް ގެންލުންދީ، އާތު ނަރުތައް ބުރިކޮށް އަދި ކޮޕަ ފޮތިތައް ވަގަށް ނަގާފައިވާ ކަން އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
މިމައްސަލައިގައި ހައްޔަރުކުރީ ގދ. ތިނަދޫ، ލުކިންގްލާސް، ނަސްރުﷲ ޝަކީލް ހުސައިން (38އ) އެވެ.
ފުލުހުން ބުނީ ނަސްރުﷲ ހައްޔަރުކޮށްފައިވަނި އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ނަސްރުﷲގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ