ހޯރަފުށްޓަށް މަރުވެފައި އޮތް ބޮޑުމަހެއް ލައްގައިފި
ހއ. ހޯރަފުށީ ހުޅަނގު ފަރާތު ފަރުމައްޗަށް 30 ފޫޓުގެ ބޮޑުމަހެއް ލައްގައިފިއެވެ. އެ ރަށު ކައިންސިލުން ބުނި ގޮތުގައި، މަރުވެފައި އޮތް މި ބޮޑުމަސް ފެނުމާ ގުޅިގެން، ރަށު ކައުންސިލާއި ކަމާބެހޭ މުއައްސަސާތައް ގުޅިގެން މިހާރު ވަނީ އެ މަސް އެއްގަމަށް ނަގައި ވަޅުލާފައެވެ. ހޯރަފުށްޓަށް ލެއްގި ބޮޑުމަސް -- ފޮޓޯ: ހޯރަފުށީ ކައުންސިލް ހޯރަފުށީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މި ބޮޑުމަސް ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލާއި، ހޯރަފުށީ ޕޮލިސް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އިތުރުން އެމްޓީސީސީ ހޯރަފުށީ ސައިޓްގެ އެހީތެރިކަމާއެކުގައެވެ. ހޯރަފުށްޓަށް ލެއްގި ބޮޑުމަސް ވަޅުލަނީ -- ފޮޓޯ: ހޯރަފުށީ ކައުންސިލް ފަރުމަތީގައި އޮތް މި ބޮޑުމަސް ގޮނޑުދޮށަށް ނެގުމަށްފަހު ރައްކާތެރިކަމާއެކު ވަނީ ވަޅުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ