"އާނ، މިއީ އަހަރެންގެ ފަހު ވޯލްޑްކަޕް. ހިނގާ މިކަމުގެ އުފާ ހޯދަން،" އެމެރިކާގެ ޓެކްސަސްގެ އާލިންގްޓަންގައި ބޭއްވި މި ބައްދަލުވުމުގައި ރޮނާލްޑޯ ބުނެފިއެވެ.
ވޯލްޑްކަޕްގެ ތާރީޚުގައި ރޮނާލްޑޯ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާއަކީ ހަ ވޯލްޑްކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ފިރިހެން ކުޅުންތެރިޔާއެވެ. އަދި އުމުރުން 41 އަހަރާއި 147 ދުވަހުގައި ލަނޑު ޖަހައިގެން އޭނާ ވަނީ ވޯލްޑްކަޕްގެ ނޮކްއައުޓް ބުރުގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ. ރޮނާލްޑޯގެ ވޯލްޑްކަޕް ދަތުރު ފެށުނީ 2006 ވަނަ އަހަރުއެވެ.
ކެރިއަރުގެ ކުރިމަގާ ގުޅޭގޮތުން ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ، ވޯލްޑްކަޕް ކާމިޔާބު ކުރެވުނަސް ނުކުރެވުނަސް އޭނާގެ ކެރިއަރު ބިނާވެގެންވަނީ ހަމައެކަނި އެ މުބާރާތުގެ މައްޗަށް ނޫން ކަމަށެވެ. ރޮނާލްޑޯ މިހާރު ކުޅެމުންދާ އަލް-ނަޞްރު ކްލަބާއެކު 2027 ވަނަ އަހަރާ ހަމައަށް އެއްބަސްވުން އޮތް ނަމަވެސް، ކުރިއަށް އޮތް އެއް އަހަރު ނުވަތަ ދެ އަހަރު ތެރޭގައި ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާ ކުރާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދީފައެވެ.
މިއީ އަހަރެންގެ ކެރިއަރުގެ އެންމެ ފަހު ވޯލްޑްކަޕް: ރޮނާލްޑޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ