ޓްރާންސްފޯމަރުގެ މަސައްކަތަކަށް ކުޅުދުއްފުށީ ބޮޑު ސަރަހައްދަކުން މާދަމާ ކަރަންޓް ކަނޑަނީ

ޓްރާންސްފޯމަރުގެ މަސައްކަތް ކުރުމަށް މާދަމާ ކުޅުދުއްފުށީ ބޮޑު ސަރަހައްދަކުން ވަގުތީ ގޮތުން ކަރަންޓް ކެނޑޭނެ ކަމަށް ފެނަކަ ކުޅުދުއްފުށީ ބްރާންޗުން ބުނެފި އެވެ.
އެ ބުރާންޗުން ކުރި އިއުލާނުގައި ބުނީ މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ 14:00 އިންފެށިގެން ކަމަށެވެ.
މަސަކަތް ނިމެންދެން ވަގުތީ ގޮތުން ކަރަންޓު ކެނޑޭނެ ސަރަހައްދުތައް
- އަމީނީމަގުގެ ހުޅަނގުން މިސްކިތް މަގުގެ ދެކުނުން މާލިހާމަގުގެ އުތުރުގައި ހިމެނޭ ސަރަހައްދުގައިވާ ޑިސްޓިބިއުޝަން ފޮށިތައް މެދުވެރިކޮށް ކަރަންޓް ދީފައިވާ ތަންތަން.
- އަމީނީމަގުގެ އިރުން ސަރުދާރުމަގުގެ އުތުރު ބޯޅަދަނޑު މަގާއި ދަނބުގޯޅިގެ ދެކުނުގައި ހިމެނޭ ސަރަހައްދުގައިވާ ޑިސްޓިބިއުޝަން ފޮށިތައް މެދުވެރިކޮށް ކަރަންޓް ދީފައިވާ ތަންތަން.
ފެނަކައިންވަނީ ކަރަންޓު ކެނޑޭ ކޮންމެ ފަހަރަކު ކަރަންޓު އައުމުގެ ކުރިން ބޭނުންކުރާ ހުރިހާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް ތަކެތި ސްވިޗް އޮފްކޮށްފައި ބެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ