ކްރިމިނަލް ކޯޓަށް ތިން ގާޒީން ހޯދަން އިއުލާނު ކޮށްފި

ކްރިމިނަލް ކޯޓަށް ތިން ގާޒީއަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ.
ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަ އެ ކޯޓުގެ ގާޒީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޖޭއެސްސީން ބުނި ގޮތުގައި ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ ގޮތުގައި މަހަކު 37,700 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން، އެލަވަންސްގެ ގޮތުގައި 22,300 ރުފިޔާ އާއި މެޑިކަލް އިންޝުއަރެންސް ވެސް ލިބޭނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.
ޖޭއެސްސީން ބުނީ މި މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ