ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، އަދާލަތު ޕާޓީއާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހާމަކޮށްފިއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގެ 42 ވަނަ މާއްދާގައިވާ ގޮތުން، ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، ސިޔާސީ ޕާޓީތަކުގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ޤަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު، އެ ރިޕޯޓު އީސީ އަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަން ޖެހެއެވެ.
އީސީން މަޢުލޫމާތު ދީފައިވާގޮތުގައި، މި މުއްދަތުގެ ތެރޭގައި ރިޕޯޓް ހުށަހަޅާފައިވަނީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިންނެވެ. އަދި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރިޕޯޓް ހުށަހަޅާފައިވަނީ ސުންގަޑި ހަމަވި ފަހުން، 2026 ޖޫން 4 ގައެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ޢަމަލުކުރުމަކީ ހުރިހާ ޕާޓީތަކަށް ލާޒިމު ކަމަކަށްވާއިރު، މުއްދަތަށް ރިޕޯޓް ހުށަނާޅާ ޕާޓީތަކާމެދު ޤާނޫނީގޮތުން ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އެ ކޮމިޝަނަށް ލިބިގެންވެއެވެ.
އަދާލަތު ޕާޓީއާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ