ޔޫއެސް ޑިޕާޓްމަންޓް އޮފް ސްޓޭޓް، ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް، ޑްރަގް ޓެސްޓް ކުރާ 150 ކިޓް ހަދިޔާކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ޚާއްސަ ރަސްމިޔާތެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ތަކެއްޗާ ޙަވާލުވެލެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. އަދި ޔޫއެސް ޑިޕާޓްމަންޓް އޮފް ސްޓޭޓް، ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މި ތަކެތި ޙަވާލުކޮށްދެއްވީ، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ ފަރާތުން އެންރިކޯ ބޮނިންގސެނާއާއި، މިހްޔަރ އަލް ނިފެއިޑީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސީޕީ ވަނީ، އެމެރިކާއަށާއި ޔޫއެންއޯޑީސީއަށް ޝުކުރުއަދާކުރައްވާފައެވެ. ހަމައެއާއެކު، އެ ޑްރަގް ޓެސްޓް ކިޓްތަކާއެކު، މަސްތުވާތަކެތީގެ މައްސަލަތަކުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތްތައް އަވަސްވެ، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ތަޙުޤީޤުތަކަށް އިތުރު ކުރިއެރުންތައްވެސް އޭގެ ސަބަބުން ލިބިގެންދާނެކަމަށެވެ.
މީގެއިތުރުން، މިއަދު ޙަވާލުކުރެވިގެންދިޔަ 150 ޑްރަގް ޓެސްޓް ކިޓަކީ އަވަސް އަދި އިތުބާރުހުރި ނަތީޖާ ލިބޭގޮތަށް ފަރުމާކޮށްފައިވާ ކިޓްތަކެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އޭގެ ސަބަބުން، ގިނަ ބާވަތްތަކުގެ މަސްތުވާތަކެތި ފަސޭހައިން ދެނެގަނެވި، ފުލުހުންގެ އޮޕަރޭޝަންތަކަށާއި ތަޙުޤީޤުގެ މަރުޙަލާތަކަށް އެހީއަކަށް ވެގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެމެރިކާއިން ދިވެހި ފުލުހުންނަށް ޑްރަގް ޓެސްޓް ކުރާ 150 ކިޓް ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ