މަގުބޫލު ލިޔުންތައް އައްމަޓީ އަލުން ކޮޅަށް ތެދުވުމަށް އެންމެން އެހީތެރިކަން ނުހަނު ބޭނުން! ނާކާމިޔާބީގެ ތެރެއިން ފެނުނު ސާބިތުކަން: ސޮޑާގެ ސިޔާސީ ހިތްވަރު! ސިޓީން ވަކިވުމަށް ފަހު އައި ފުރަތަމަ ޢީދުން މީދޫ އަދި ހުޅުދޫ، ތަފާތު ދައްކައިފި ހުޅުދޫ ޑަބްލިޔުޑީސީ

ރަށްރަށުގައި ހިންގާ ބޭސްފިހާރަތަކުގެ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ބޭސް ލިބުމަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލްސް (ސްޓޭޓްފާމާ) އިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފިއެވެ.
ހަރުދަނާ ސިޔާސަތެއް ބިނާކުރުމުގެ މަގްސަދުގައި ފެށި މި މަސައްކަތުގެ ދަށުން، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝާހު މާހިރު އާއި މެނޭޖްމަންޓުގެ އިސް ބޭފުޅުން ވަނީ ބ. އޭދެފުށީ ކައުންސިލާ ބައްދަލުކުރައްވާފައެވެ.
އޭދެފުށީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި، ރަށުން ބޭސް ލިބުމުގައި ހުރި ދަތިތަކާއި، ހާއްސަކޮށް ދާއިމީ ބަލިތަކަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް ބޭސް ހޯދުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން، ބޭސް ލިބުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ފަރާތުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.
ސްޓޭޓްފާމާގެ އެމްޑީ ޝާހު މާހިރު ބުންޏެވެ. ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ކުންފުނިން ގެންގުޅޭ ހާއްސަ ޕްލޭނާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން، ރައްޔިތުންނަށް ކޮލެޓީ ރަނގަޅު ބޭސް ހަރުދަނާ ގޮތެއްގެ ދަށުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. ކައުންސިލްތައް މެދުވެރިކޮށް ރަށުގެ ރައްޔިތުންނަށް ސްޓޭޓްފާމާއިން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތު އިތުރަށް ހިއްސާކޮށް، އަހުލުވެރި ކުރާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ