މާދަމާ ހެނދުނު މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

ހެނދުނު މާލެ އާއި ހުޅުމާލެއިން އެއް ގަޑިއިރަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ. 
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކަރަންޓު ހިދުމަތް މެދުކަނޑާލައިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މާލެ އާއި ހުޅުމާލެއިން ހެނދުނު 6:00 އާއި 7:00 އާ ދެމެދު ކަރަންޓު ކެނޑިދާނެ ކަމަށެވެ. 
މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑޭނެ ކަމަށް ދުރާލައި ސްޓެލްކޯއިން އަންގާފައިވާއިރު، އެ ކުންފުނީގެ އެކި މަސައްކަތް ކުރަން ދޭތެރެ ދޭތެރެއިން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަ އެވެ. 
ނަމަވެސް ދުރާލައި ނާންގައިޕޕ.    މިދިޔަ އަހަރާއި މި އަހަރުގެ އެކި ދުވަސްތަކުގައި މާލެ އާއި ހުޅުމާލެއިން އެއްފަހަރާވެސް ކަރަންޓު ކެނޑިފައި އެބަހުއްޓެވެ. އޭގެ ތެރެއިން ގިނަ ފަހަރު ކަރަންޓު އަނބުރާ ދެވިފައިވަނީ އެތައް ގަޑިއިރެއްވީ ފަހުންކަން ފާހަގަކުރެވެ އެވެ. 
މީގެއިތުރުން މިދިޔަ އަހަރުގެ ޖޫން މަހު މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންވެސް ކަރަންޓު ކެނޑުމުން އެކަމާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް މުހައްމަދު މުއިއްޒު ފުލުހުންނަށް އެންގި އެވެ. އެ ތަހުގީގަށް ވީގޮތެއް މިއަދާ ހިސާބަށް އައި އިރުވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ