މޫސުން ގޯސްވުމުގެ ސަބަބުން, ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ބާއްވަން ހަމަޖެއްސި "ގެވެށި ގުޅުން" ކާޓޫނު ސީރީސްގެ ޝޯ ފަސްކޮށްފިއެވެ.
މި ޝޯވ އަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ފެމިލީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އާއި ސްޓެލްކޯ އަދި އާބަންކޯ ގުޅިގެން މިރޭ ކުރިއަށް ގެންދަން ނިންމާފައިވާ ޝޯވ އެކެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން މި ޝޯވ މިހާރު މިރޭ ނުބާއްވާގޮތައް ނިންމައި، ޝޯވ ފަސްކޮށްފައިވާ ކަމަށެވެ.
މި ޝޯވ ދެން އޮންނާނީ 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ ރޭ 08:15 ގައި ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެ ތާރީޚްގައި ވެސް މި ޝޯވ ބާއްވަން ނިންމާފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ކުރިއަށްގެންދާ ''ގެވެށި ގުޅުން'' ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ކާޓޫނު ސީރީސް އިފްތިތާހްކޮށްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.
ކާޓޫނު ސީރީސް އަކީ ގެވެށި އަނިޔާއާއި ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުޑަކުދިންގެ ކިބައިގައި އެންމެ ޅައިރުއްސުރެ އަށަގަންނުވަންޖެހޭ ދިރިއުޅުމުގެ ރީތި ބައެއް އާދަތަކަށް ކުދިން އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މި ކާޓޫނު ސީރީސްގައި ޖުމްލަ 12 އެޕިސޯޑް ހިމެނެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން "ގެވެށި ގުޅުން" ކާޓޫނު ޝޯ ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ