ކްރިމިނަލް ކޯޓްގެ ގާޒީ ކަމަށް ދިގު ލިސްޓެއް، 12 ބޭފުޅަކު ކުރިމަތިލައްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނި ގޮތުގައި ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.
ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ބޭފުޅުންތަކެއް ކުރިމަތި ލައްވައިފި އެވެ.
ކްރިމިނަލް ކޯޓްގެ ގާޒީ ކަމަށް ހުޅުވާލީ މި މަހުގެ 19 ވަނަ ދުވަހު އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނި ގޮތުގައި ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.
ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ބޭފުޅުންތަކެއް ކުރިމަތި ލައްވާފައިވާއިރު އެ ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތުވެސް އޮތީ ހުޅުވާލާފައެވެ.އެ މަގާމަށް ހުޅުވާލީ ކުރީން އިސް ފަނޑިޔާރަކަށް ހުންނެވި އަހުމަދު ޝަކީލް ހައިކޯޓްގެ ފަނޑިޔާރު ކަމަށް އިސް ކުރެއްވުމާއި ގުޅިގެންނެވެ. އިދިކޮޅު ލީޑަރު، އަބްދުﷲ ޔާމީންގެ މައްސަލަވެސް ބެއްލެވި ގާޒީ ޝަކީލް، ކުއްލި ގޮތަކަށް ހައިކޯޓަށް ބަދަލު ވުމުގެ ފުރުސަތު ދެއްވުމުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެ ކޯޓް މިހާރު ހިންގަވަނީ ގާޒީ އާދަމް މުހައްމަދެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ