އުސޫލު ބާތިލްކުރަން ސްޓެލްކޯއިން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި

މާލޭ ސިޓީ ކައުންސިލުން ހެދި މާލޭ ސިޓީގެ މަގުމަތީގެ މަގު ބަންދުނުކޮށް އަދި މަގު ބަންދުކޮށްގެން މަސައްކަތުކުރުމާ ބެހޭ އުސޫލު ބާތިލު ކުރަން ސްޓެލްކޯގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ނުބެލޭނެކަމަށް ނިންމައި އެ ކޯޓުން މިއަދު ބޭރުކޮށްލައިފިއެވެ. އެ ކޯޓުން ބުނީ ދުސްތޫރީ މައްސަލަ ބެލުމަށް ހައިކޯޓަށް ލިބިފައިވާ އިހްތިޞާސަކީ އެފަދަ މައްސަލަތަކުގެ ތެރެއިން ގާނޫނާއި، ރާއްޖޭގެ ކޯޓުތަކުގެ ދަށުން ކޯޓުން ބަލައިގަންނަ މައްސަލަތައް ފިޔަަވައި ގާނޫނާ ތާރުޒުވާކަމަށް ބުނެ ހުށަހަޅާ މައްސަލަތަކާއި ގާނޫނަކުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެއް ނުވަތަ އެ ގަވާއިދެއްގެ ބައެއް ގާނޫނާ ޚިލާފުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތަކަށް ކަމަށެވެ. ނަމަވެސް ސްޓެލްކޯއިން ހުށަހަޅައިފައިވާ މައްސަލައިގައި، ސިޓީ ކައުންސިލުން ހެދި އުސޫލުތައް ގާނޫނާ ޚިލާފުވާ ސަބަބު ބަޔާންކޮށްދެވިފައި ނުވާ ކަމަށް ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވެއެވެ. އެގޮތުން ސްޓެލްކޯއިން އެ މައްސަލައިގައި ދައުވާ ބިނާކުރާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ "މާލޭ ސިޓީގެ މަގުމަތީގައި މަގު ބަންދުނުކޮށް އަދި މަގު ބަންދުކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލު" އާއި "މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާންމުކޮށް މަސައްކަތްކުރުމުގެ އުސޫލު" އަކީ ގާނޫނާ ޚިލާފު ދެ އުސޫލުކަމަށް އެކަށީގެންވާ ތަފްސީލާއެކު ބަޔާންކޮށްދެވިފައި ނުވާ ކަމަށް ރަޖިސްޓްރާގެ ނިންމުމުގައިވެއެވެ. އެހެންވެ އެ މައްސަލަ ބެލެން ނެތްކަމަށް ކޯޓުން ވަނީ ނިންމައިފައެވެ. https://sun.mv/173605 ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މީގެ ކުރިން ވަނީ އެ ދެ އުސޫލަކީ ބާތިލު ދެ އުސޫލު ކަމަށް ތުހުމަތު ކުރައްވާ، ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ސިޓީ ކައުންސިލުން އެ އުސޫލު އެކުލަވާލައިފައިވަނީ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)އާ ވެސް މަޝްވަރާ ކުރުމެއްނެތި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ