މި މަޝްރޫޢުގެ ދަށުން މިހާތަނަށް ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލޭ ނޯތު ހާބަރާ ހަމައަށް ގަސް އިންދާފައިވެއެވެ. މީގެ ތެރޭގައި ދިވެހި ރުއްތަކާއި، ހޭޅިފަށުގައި ހެދޭ ޒާތުގެ ގަސްތަކާއި، ރީތި ބަގީޗާ މާގަސްތައް ހިމެނެއެވެ. މިއީ މާލޭގެ އުތުރު ފަރާތް ފެހިކޮށް ޒީނަތްތެރިކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވި ޕްރޮގްރާމްގެ މުހިންމު ބައެކެވެ.
މަގު ހުޅުވާލި ނަމަވެސް، އެ ސަރަހައްދުގައި އަދިވެސް ބައެއް ކުދި މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެތީ، އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.
ފަސް މިލިއަން ގަސް މަޝްރޫއު: ބޮޑުތަކުރުފާނު މަގުގައި 3,100 ގަސް އިންދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ