ޕީީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، އަދި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް، ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައި ހުށަހެޅުއްވި ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާއަށް ތާވަލު ކޮށްފިއެވެ.
މި މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައި ވަނީ މާދަމާ މެންދުރު ފަހު 3:00 އަށެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް އަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހުއެވެ. ނަމަވެސް ހަމަ އެ ދުވަހު ވަނީ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުން ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފައެވެ.
ރައީސް ޔާމީންގެ ފޯމު އީސީ އިން ބަލައިނުގަތް ސަބަބަކީ އެ ކޮމިޝަނުން ބުނިގޮތުގައި، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އެ މަނިކުފާނުގެ މައްޗަށް އައިސްފައި ވުމެވެ.
މި މައްސަލައިގައި އީސީން މިއަދު ޖަވާބުދާރީ ވާނެއެވެ.
ރައީީސް ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާއަށް ތާވަލު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ