ޝަރުއީ ދާއިރާ މުވައްޒަފުންނަށް ސިޔާސީ ޕާޓީތަކާއި ސިޔާސީ ހަރަކާތްތައް ހިންގާ ޖަމިއްޔާ ޖަމާއަތްތަކުގެ މެންބަރުކަން ކުރެވޭނެ ގޮތަށް އެ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓްގައި ހިމަނައި އާއްމުކޮށްފިއެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓްއާ އެކު ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ބައެއް ބާބުތަކާއި މާއްދާތައް ވަނީ ބާތިލުވެފައިވާއިރު އެ ގަވާއިދުގައި ހިމެނޭ ބައެއް ބާބުތަކަށް ވަނީ އިސްލާހު ވެސް ގެނެސްފައެވެ.
އެގޮތުން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުން 2 ވަނަ ބާބު ( ގަވާއިދުގައި ހިމަނާފައިވާ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓް)، 22 ވަނަ ބާބު (މުވައްޒަފުންނަށް ގޯނާ ކުރުން)، 26 ވަނަ ބާބު (ޝަރުއީ ދާއިރާގެ އިންފޮމޭޝަން ޓެކްނޮލަޖީ އާއި ޑޭޓާ ސެކިއުރިޓީއާ ބެހޭ ބާބު) 27 ވަނަ ބާބު (ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން) މި ބާބުތައް ވަނީ އުވާލާފައެވެ.
މިހާރު އަމަލުކުރަން ފަަށާފައިވާ ކޯޑް އޮފް ކޮންޑަކްޓުގައި ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވުމާ ގުޅޭ އުސޫލުތައް 'ޝަރުއީ ދާއިރާގެ މިނިވަންކަން ހިފެހެއްޓުމާއި އިތުބާރު ދެމެހެއްޓުން' މާއްދާގެ ތެރޭގައި ހިމަނާފައިވެއެވެ.
އެ މާއްދާގައި ބުނެފައިވާގޮތުގައި އެއްވެސް މުވައްޒަފެއްގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދިދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އެގޮތުން ޝަރުއީ ދާއިރާގެ މިނިވަންކަމާއި އެ ދާއިރާއަށް ރައްޔިތުންކުރާ އިތުބާރަށް އުނިކަން އަންނާނެ ކަންކަން ކުރުމުން ދުރުހެލިވާންވާނެ ކަމަށް ބުނެފައިވެއެވެ.
އެ މާއްދާގައި ވަނީ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ބައިވެރިވެވިދާނެ ކަންތައްތަކެއް ހިމަނާފައެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި އުޅުން ހުއްދަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ