އަޅުގަނޑަކީ ވޮލީކުޅުމުގެ ތެރޭގައި އެހެން ކުޅުންތެރިއެއްގެ އަތުން ޖެހި ނޭފަތަށް ބޮޑު ގެއްލުމެއް ލިބުނު މީހަކީމެވެ. އަޅުގަނޑު އެތަށް ޑޮކްޓަރ އަކަށް ދެއްކީމެވެ! ޑޮކްޓަރުންގެ ބަހަކީ 4 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރުމެވެ. ނޫންނަމަ އަބަދު ނޭފަތަށް ބޭސް އަޅައަޅަ ހުރުމެވެ.
"އޭރު ނުނިދޭ އެއްވެސް ގޮތަކަށް ބޭސް ނޭފަތަށް ނާޅާ! ޑޮކްޓަރ ދީފައި ހުންނަ ވަރަށް ވުރެ ގިނައިން ބޭސް އަޅަން ނޭފަތަށް. އަބަދު ޖީބުގައި އޮންނާނެ ބޭސްފުޅި. ދުވާލު ތަނަކަށް ދިޔަޔަސް އެކުގަ ބޭސްފުޅިގެންދަން. ރޭގަނޑު ނިދަން އޮންނައިރު ބާލިސް ދަށުގައި ބާއްވައިގެން ނިދަނީ. ނޫނީ ނޭފަތް ބެދުމުން ސަލާމަތެއް ނުވެވޭ!"
އަޅުގަނޑު ނިންމީ އޮޕްރޭޝަން ނުކުރުމަށެވެ! އެހިސާބުން ސުންނަތާއިއެއްގޮތަށް ވުޟޫކުރަން ނޭފަތަށްފެންލާއިރުގައި އެތެރެފެން ލެވޭނެގޮތަށް ފެންލާންފެށީމެވެ. ފުރަތަމަކޮޅު ވަރަށް ވޭންއެޅިއެވެ. ނަމަވެސް ކެތްތެރިވެލީއެވެ.
"ދެން ހިތަށް އެރީ ނަމާދުކުރުން ގިނަކޮށް ﷲގެޙަޟްރަތުގައި ދުޢާކުރަންވީއޭ! މިވޭނުން ސަލާމަތް ކޮށްދެއްވުމަށް! އޮޕަރޭޝަން ކުރަން ބުނީމާ އަޅުގަނޑު ބުނިން ޑޮކްޓަރ ގާތުގާ ކިހިނެއްހޭ އޮޕަރޭޝަން ކުރާނީ ބުނީމަ ބުނީ ހޭނައްތައިގެންކުރާ 4 ގަޑި އިރުގެ އޮޕަރޭޝަނެކޭ! އަޅުގަނޑު ބުނިން ބޭނުމެއްނޫނޭ! އޮޕަރޭޝަން ކުރާ ޚިޔާލު ބަދަލުކޮށްލީ އޭރު އަޅުގަނޑުގެ ހުންނަނީ އެންމެ ދަރިޔަކު ގިނަމީހުން ބުނޭ ނޭފަތުގެ އޮޕަރޭޝަންއަކީ ވަރަށް ބިރުބޮޑު ރިސްކް ކަމެކޭ، ޢާއިލާއާއި އެއްކޮށް އޮޕަރޭޝަން ނުކޮށް ދުނިޔޭގައި އުޅެން ބޭނުންވީ އެހެންވެ.!"
އަޅުގަނޑު އޮޕަރޭޝަނެއް ނުކުރަމެވެ. ގުދުވިކަމަށް ބުނިކަށިކޮޅު އަދިވެސް އިނީ ހަމަ ގުދުކޮށެވެ! ނަމަވެސް އެންމެ ބޭސްތިއްކެއްވެސް ނޭފަތަށް ނުޖަހާތާ މިހާރު 4 އަހަރުވެއްޖެއެވެ!
އަޅުގަނޑު ކިޔުންތެރިންނަށް ދަންނަވާލަން ބޭނުންވަނީ ވުޟޫކުރަންވާ ގޮތަށް ފުރިހަމައަށް ވުޟޫކޮށްގެން ނަމާދުކުރާށެވެ! އަދި ނަމާދުކުރުން ގިނަކޮށް ދުޢާކުރާށެވެ! ހިތަށް ނުވެސް ގެނެވޭ ފަދަކަންކަން ހިންމަވައިދެއްވަވާނެތެވެ! އިންޝާ ﷲ
- މިއަދުނޫހުގެ ކިޔުންތެރިއެއް
ވުޟޫކުރާއިރު ނޭފަތަށް ފެންލާން ޢަމަލުކުރަން އޮތްގޮތް- ޙަދީޘުން-
ވުޟޫކުރާއިރު ނޫފަތަށް ގިނަ ބައަކު ފެންލާން ޢަމަލުކުރާނެ ގޮތާއި ބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. އެއީ ގިނަ ބައަކު ޢަމަލުކުރަނީ ސުންނަތަށް ކަމަށްނުވާތީ އުފެދޭ ސުވާލކަށްވެސް ވެދާނެއެވެ.
ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ
ވުޟޫކުރާއިރު ނޭފަތަށް ފެންލާން ސުންނަތުގައި އޮތީ ދެއިނގިލި ކުރި ނޭފަތުގައި ޖައްސާލައިގެނެއް ނޫނެވެ. ކަނައަތުގެ އަތްގޮށްޓަށް ފެންއަޅައި ނޭފަތުން އެތެރެއަށް ދަމާލައި އެފެން ބޭރުކޮށް ވައަތުން ފޮޅައިލުމެވެ.
ގުޅުންހުރި ޙަދީޘް:
https://hadeethenc.com/en/browse/hadith/3033
ހަޤީޤީ ޙާދިސާ: ވުޟޫ ފުރިހަމަކުރުމާ ދުޢާއިން ބޮޑު އޮޕަރޭޝަނެއް ނުކޮށް ޝިފާ ލިބުނު މީހެއްގެ ވާހަކަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ