އަލަށް ފަށާ ދެ ކޯހަކާ އެކު މޯލްޑިވްސް ބިޒްނަސް ސްކޫލުގެ ޖުލައި އިންޓޭކަށް ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ބިޒްނަަސް ސްކޫލުން ޖުލައި މަހު ފަށާ ކޯސްތަކަށް އެ ކޮލެޖުގެ ވެބްސައިޓު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ. އަދި ކޯސްތަކުގެ މައުލޫމާތު ވެސް ވެބްސައިޓުން ބަލާލެވޭނެ އެވެ.
ތަފްސީލް - ސެޓްފިކެޓު ލެވެލް 4 އިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް ބިޒްނަސް ސްކޫލުގައި ކޯސްތައް ކުރިއަށް ގެންދެ އެވެ.
މި އަހަރުގެ ޖުލައި އިންޓޭކުގައި އަލަށް ފަށަނީ:
ޕްރީ މާސްޓާސް ޕްރޮގްރާމު
ބެޗެލާ އޮފް ޕްރޮޖެކްޓު މެނޭޖުމެންޓް
ބިޒްނަސް ސްކޫލުން ވަނީ ޖުލައި އިންޓޭކަށް ކުރިމަތިލާ ދަރިވަރުންނަށް 'އާލީ ބާޑް' ހާއްސަ ޑިސްކައުންޓުތަކެއް ވެސް ތައާރަފު ކޮށްފަ އެވެ.
އެގޮތުން:
ސެޓްފިކެޓް ލެވެލް ކޯސްތަކުން 1،900ރ ޑިސްކައުންޓު ލިބޭނެ؛ އެއީ 1 މަހުގެ ކޯސް ފީ
މާސްޓާސް ލެވެލް ކޯސްތަކުން 5،000ރ. ޑިސްކައުންޓް ލިބޭނެ؛ ފުރަތަމަ މަހުގެ ކޯސް ފީ އަދި އެޑްމިން ފީ ހިލޭ
ފުރަތަމަ ޑިގްރީ ޕްރޮގުރާމުތަކުގައި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ކިޔެވޭނެ
މޯލްޑިވްސް ބިޒްނަސް ސްލޫލުގައި މައިގަނޑު ގޮތެއްގައި ކިޔަވައިިދެނީ ވިޔަފާރި ދާއިރާއާ ގުޅުންހުރި ކޯސްތަކާއި އައިޓީ ކޯސްތަކެވެ. އެ ކޮލެޖުގައި ކިޔަވާ ދަރިވަރުންނަށް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ވެސް ހަމަޖައްސައިދެ އެވެ.
އަލަށް ފަށާ ދެ ކޯހަކާ އެކު މޯލްޑިވްސް ބިޒްނަސް ސްކޫލުގެ ޖުލައި އިންޓޭކަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ