އުރީދޫން ސުޕަނެޓާ އެކު ސްމާޓް ހޯމް ބަންޑްލް އޮފާއެއް

އުރީދޫ މޯލްޑިވްސްއިން ސްމާޓް ޑިވައިސްތައް ސީމްލެސް ބްރޯޑްބޭންޑް ކަނެކްޓިވިޓީގެ ބާރުން އިންޓަގްރޭޓްކޮށް، އާންމު ދިރިއުޅުމަށް ބަދަލު ގެނައުމުގެ މަގްސަދުގައި ސްމާޓާ ހޯމް އިނީޝިއޭޓިވެއް މިއަދު ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - ކޮންމެ ސުޕަނެޓް ކަނެކްޝަނަކާ އެކު ކަސްޓަމަރުންނަށް މިހާރު ބަންޑަލްޑް އޮފާއެއްގެ ގޮތުގައި، ސެކިއުރިޓީ ކެމެރާ އާއި ސްމާޓް ޑޯބެލް އަދި ކްލައުޑް ސްޓޯރެޖާ އެކު ޒަރޫރީ ސްމާޓް ހޯމް ޑިވައިސްތައް ލިބޭނެ އެވެ.
މިހާރު ސުޕަނެޓް ބޭނުންކުރަމުން އަންނަ ފަރާތްތަކަށް ވެސް މި ސްމާޓާ ހޯމް ބަންޑްލް ނެގުމުގެ ފުރުސަތު އެބައޮތެވެ.
ތަފްސީލް - އަލަށް ތައާރަފްކުރި މި އޮފާއަކީ ކަސްޓަމަރުންނަށް ރިމޯޓްކޮށް ގެތައް މޮނިޓާކޮށް ރައްކާތެރިކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ، ސްމާޓް ގެތައް އުފެއްދުމަށް ފަރުމާކޮށްފައިވާ އޮފާއެއް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ ސުޕަނެޓް، އުރީދޫގެ ހައި ސްޕީޑް ބްރޯޑްބޭންޑް އިންޓަނެޓް މެދުވެރިކޮށް ބޭނުންކުރާ މި ޑިވައިސްތަކުގެ ސަބަބުން މެދުކެނޑުމެއް ނެތި ކަނެކްޓިވިޓީ ކަށަވަރުވެ، ގޭގެ ވެރިންނަށް ކޮންމެ ތަނަކުން ވެސް ރިއަލް ޓައިމް އަޕްޑޭޓާއި އެލާޓް ލިބޭނެކަން އެ ކުންފުނިން ފާހަގަކުރި އެވެ.
އުރީދޫ ސުޕަނެޓުން އިތުބާރު ހިފޭ ބްރޯޑްބޭންޑް ކަނެކްޓިވިޓީ ފޯރުކޮށްދީ، މި ސްމާޓް ޑިވައިސްތައް މެދުކެނޑުމެއް ނެތި ފަސޭހަކަމާ އެކު މަސައްކަތް ކުރުމަށް މަގުފަހިކޮށްދެ އެވެ. ލައިވް ކެމެރާ ފުޓޭޖް ސްޓްރީމް ކުރިޔަސް ނުވަތަ ޑޯބެލް އެލާޓް ލިބުނު ނަމަވެސް ކަސްޓަމަރުންނަށް އެންމެ ރަނގަޅު ޕާފޯމަންސެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ