ކޮރާޑިން މީހަކަށް ހަމަލާ ދިނުން: ރުސްތުމާާއި ސައިފުﷲ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ހުޅުމާލޭގައި ކޯރާޑިއަކުން މީހަކަށް ހަމަލާދީ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ. ކޯރާޑިއަކުން މީހަކަށް ހަމަލާދިން މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ހައްޔަރުކުރީ: ރުސްތުމް އިބްރާހިމް، ހީނާމާގެ، ގދ. ފިޔޯރީ (25އ) ސައިފްﷲ ފައިޞަލް، ފިނިފެންމާގެ، ބ. ގޮއިދޫ (19އ) އެ މައްސަލާގައި ހިމެނޭ ސައިފުﷲ ޝަރީއަތް ނިމެންދެން ބަންދުކޮށް، ރުސްތުމް ތިން ދުވަހަށް ބަންދުކުރުމަށް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ. އެއާއެކު ފުލުހުން މިއަދު ބުނީ، ރުސްތުމްގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަަމަށެވެ. މި މާރާމާރީގައި އެކަކަށް އަނިޔާވިއިރު، އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ. ފުލުހުން ބުނީ، މާރާމާރީގައި ކޯރަޑިއަކުން ހަމަލާދީފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ފިލައިގެން މާލެ ދަނިކޮށް ހުއްޓުވީ ހައިވޭ މަތިން ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ހައިވޭމަތިން ހިފަހައްޓާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލްމީޑިއާގައި ވަނީ ދައުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ