ޓެކްސީ ލައިން ފުރަތަަމަ ގާއިމް ކުރާނީ މާލެ، ހުޅުމާލެ އަދި ވީއައިއޭ އަށެވެ. މި ހިދުމަތުގެ ސަބަބުން ޕާޓްޓައިމް ވަޒީފާތަކެއްވެސް އުފެދިގެންދާނެ ކަމަށް އެމްޓީސީސީއިން ބުނެފައިވެ އެވެ.
މާލެ ސަރަހައްދުގައި މައްސަލަ ބޮޑުވެފައިވާ ޓެކްސީގެ ހިދުމަތަށް އިންގިލާބީ ބަދަލެއް ގެންނަން، އިލެކްޓްރިކް ވެހިކަލްތައް (އީވީ) ޓެކްސީ ލައިނެއް ހަދަން އެމްޓީސީސީ އަށް ހަވާލުކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ދަތުރުފަތުގެ ވިއުގަ ބަލަހައްޓާ އެމްޓީސީސީގެ ފަރާތުން އީވީ ޓެކްސީ ލައިންގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަމީމް އެވެ.
މި ޓެކްސީ ލައިން ވެގެންދާނީ ތިމާވެއްޓާ ރަހުމަތްތެރި ޓެކްސީ ލައިނަކަށް ކަމަށާ މި ޓެކްސީގައި ހިދުމަތްދޭނީ އޮންލައިންކޮށް ޓެކްސީ ބުކިން ނެގޭ ސިސްޓަމްތައް މެދުވެރިކޮށް ކަމަށެވެ. މި ހިދުމަތާއެކު ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތަކެއް ފަހި ވެގެންދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
" [މި ޓެކްސީލައިނުން] ފުލް ޓައިމް އަދި ޕާޓް ޓައިމްކޮށް ވަޒީފާ ލިބޭނެ،" ސައުދީ ވިދާޅުވި އެވެ.
މި ޓެކްސީ ލައިންގެ ހިދުމަތް އެމްޓީސީސީ އިން ގާއިމް ކުރާީ ތިން ފޭހަކަށް ބަހާލައިގެންނެވެ. މިއީ 24 ގަޑިއިރު ހިދުމަތްދޭނެ ޓެކްސީ ލައިނެކެވެ. ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ، ހުޅުމާލެ އަދި ވީއައިއޭ އަށެވެ. އަދި އޭގެފަހުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިނގިލި އަދި ތިލަފުށީގައި ހިދުމަތް ފަށާފަ އެވެ. ތިން ވަނަ ފިޔަވަހި ނިންމަން ކަނޑައަޅާފައިވަނީ 2029 ގެ ނިޔަލަށެވެ. އެންމެފަހުން ހިދުމަތް ފަށާނީ ރަސްމާލެ އާއި ގިރާވަރު ފަޅު އަދި އައްޑޫގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުށީގަ އެވެ.
ޓެކްސީ ލައިން ހަދަން އުޅޭތީ ބައެއް ޑްރައިވަރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ނަމަވެސް ސަރުކާރުން ވަނީ މީގެ ސަބަބުން އެ ފަރާތްތަކުގެ ވިޔަފާރިއަށް އަސަރު ނުކުރާނެކަމަށް ބުނެފަ އެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ލައިނެއްގެ ގޮތުގައި ނެރެން މަސައްކަތް ކުރަނީ 300 ކާރެވެ. މީގެތޭގައި ތިމާވެއްޓާ ރަހުމަތްތެރި ކާރުތައް ވެސް ހިމެނެ އެވެ. ސަރުކާރުން ވަނީ މި ހިދުމަތް ފެށުމަށްފަހު ޑްރައިވަރުންނަށް ވެސް މި ޓެކްސީ ދުއްވުމުގެ ފުރުސަތު އޮންނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ޓެކްސީގެ މައްސަލައަކީ ދާއިމީ ބޮޑު މައްސަލައެކެވެ. މި މައްސަލަ ހައްލުކުރަން މިހާތަނަށް އެއްވެސް ސަރުކާރަކުން މިކަން ހައްލުވެފައެއް ނެތެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މާލެ ސަރަހައްދުގައި އިލެކްޓްރިކް ޓެކްސީ ހިދުމަތް ފަށަން އެމްޓީސީސީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ