ވޭޕާއި އޭގެ އާލަތްތައް އަތުލުމުގެ ބާރު ފުލުހުންނަށް ދީފި

ކުރީން އެ ބާރު ފުލުހުންނަށް ނޯވެ އެވެ. އޮންނަނީ ވޭޕް ކުރާނަމަ ޖޫރިމަނާ ކުރުމުވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާ ގެނައި އިސްލާހާއެކު ވޭޕްގެ އާލަތްތައް އަތުލައި އެތަކެތި ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ އާންމު ގަވާއިދު މިއަދު އާންމުކޮށްފި އެވެ
ރާއްޖޭގައި ވޭޕް ބޭނުން ކުރުން މުޅިން މަނާކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ އާންމު ގަވާއިދު މިއަދު އާންމުކޮށްފައިވާއިރު އެ ގަވާއިދު ބުނާ ގޮތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާ ގެނައި އިސްލާހާއެކު ވޭޕްގެ އާލަތްތައް އަތުލައި އެތަކެތި ނައްތާލުމުގެ ބާރު ފުލުހުންނަށް ވަނީ ދީފަ އެވެ.ކުރީން އެ ބާރު ފުލުހުންނަށް ނޯވެ އެވެ. އޮންނަނީ ވޭޕް ކުރާނަމަ ޖޫރިމަނާ ކުރުމުވެ. ވޭޕް ކުރާ އާލާތް ދޭން ދެކޮޅު ހަދައިފިނަމަ ވެސް ޖޫރިމަނާ ކުރެވޭނެ އެވެ. ބައިލައްކަ ރުފިޔާއާ ހަމަައަށް ޖޫރިމަނާ ކުރެވެ އެވެ.ފުލުހުން އާންމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މަނާކުރި ދުވަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 130،500 ރުފިޔާ ވަނީ ހޯދާފަ އެވެ.
ފުލުހުން ބުނީ ޑިސެމްބަރު މަހު 60،500 ރުފިޔާގެ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ މަހު ކުރި ޖޫރިމަނާގެ އަދަދު 70،000 ރުފިޔާއަށް އަރާފައިވާ ކަމަށެވެ.ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެނެސް ވޭޕް ބޭނުންކުރާ މީހުން 5،000 ރުފިޔާއިން ޖޫރިމަނާކޮށް، ވޭޕުކުރުމަށް ބޭނުންކުރާ އާލަތެއް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާ ކުރެ އެވެ. އަދި ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނު ވަނީ ބަދަލުކޮށްފަ އެވެ.އަދި ވޭޕުކުރަން ބޭނުންކުރާ އެއްޗެއް ހިލޭ ބަހައިފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އެއިން އެއްޗެއް ހިލޭ ކުޑަކުއްޖަކަށް ދީފިނަމަ އިތުރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ