ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސަށް ބީއެމްއެލުން ހެޔޮ ބަދަލުތަކެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިން ޕްރޮޑަކްޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ. ހެޔޮ ބަދަލުތަކެއް ގެނެސްފައިވަނީ ރިއަލް އެސްޓޭޓް، ގެސްޓްހައުސް އަދި ވޯކިން ކެޕިޓަލް ފައިނޭންސިންއިންނެވެ. https://x.com/bankofmaldives/status/1889642562262085980 މި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ރިއަލް އެސްޓޭޓް ފައިނޭންސިން އިން: • އިކުއިޓީ (އަމިއްލަ އަށް ކުރަންޖެހޭ ޚަރަދު) 30 ޕަސެންޓުން 20 ޕަސެންޓަށް ދަށްކުރުން • ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކުރުން • ދިގު މުއްދަތަށް ކުއްޔަށް ހިފުމަށާއި، ކޮންޓްރެކްޓަރުންނާއި، ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި، ކުންފުނިތަކާއި، މުއައްސަސާތަކާއި ރަޖިސްޓާ ކޮށްގެން ހިންގާ އެހެނިހެން އިދާރާތަކަށް ވެސް ދިގު މުއްދަތުގެ ކުލީ އެގްރީމެންޓާއެކު މިހާރު ފައިނޭންސިންއަށް ހުށަހެޅޭނެގޮތް ހަމަޖެއްސުން ގެސްޓްހައުސް ފައިނޭންސިންގް: • ފައިނޭންސިންއަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނެ ގޮތް ހަމަޖެއްސުން • ގެސްޓްހައުސް ހިންގާތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ 11 ޕަސެންޓުގެ ރޭޓުން ފައިނޭންސިން ލިބުން • އަލަށް ފަށާ ގެސްޓްހައުސްތަކަށް 12 ޕަސެންޓުގެ ރޭޓުން ފައިނޭންސިންގް ލިބުން ވޯކިން ކެޕިޓަލް ފައިނޭންސިން • ވިޔަފާރިއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނަ އިތުރަށް ފައިނޭންސިން ނެގޭ ގޮތް ހަމަޖެއްސުން • ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޝަރުތުތައް ލުއިކުރުން މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަރީފް ވިދާޅުވީ، މި ބަދަލަކީ ދިވެހި ވިޔަފާރިތަކަށް އެ ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަވާ މުހިންމު ބަދަލެއް ކަމަށެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިން ހޯދަން ފަސޭހަ ކޮށްދިނުމަށް ޓަކައި، ގިނަ ޝަރުތުތަކެއް ލުއިކޮށް، ބޭންކުން ގެންދަނީ ވިޔަފާރިތައް ކުރިއަރުވައި، ވާދަވެރި މާކެޓެއްގައި ވިޔަފާރިތަކަށް ދެމިތިބެވޭނެ ފުރުސަތު ފަހިކޮށްދެމުން ކަމަށް ވިދާޅުވިއެވެ. https://sun.mv/202428 މީގެ އިތުރުން ބީއެމްއެލުން ވަނީ ގެދޮރު ގަތުމާއި، އިމާރާތްކުރުމާއި މަރާމާތުކުރުމަށް ދޫކުރާ ފައިނޭންސިން ޚިދުމަތްތައް ވެސް، ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަ ވާނެހެން ބަދަލުކޮށްފައެވެ. އެ ބަދަލާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާންމު ފަރުދުންނާއި އާއިލާތަކުގެ ތެރެއިން މިހާރަށްވުރެ ގިނަ އަދަދެއްގެ ބަޔަކަށް ގެދޮރުވެރިންނަށްވުމަށް ޓަކައި ބޭނުންވާ ފައިނޭންސިން ހޯދުމަށް މަގުފަހިވާނެ ކަމަށް ޝަރީފްވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ