ސްޓެލްކޯއިން ވަނީ 13 ޖަނަރޭޓަރު ސެޓު ރާއްޖެ ގެނެސްފަ އެވެ. އެ ކުންފުނިން ބުނީ ބިން ހަމަޖެހުމާއެކު 24 ގަޑިިއިރު މަަސައްކަތްކޮށްގެން މި ތަކެތި އިންސްޓްރޯލް ކުރަން ފަށާނެ ކަމަށެވެ.
ރޯދަ މަހު ކަރަންޓުގެ ލޯޑު މަތިވާނެ ކަމަށް ބަލައި ދުރާލާ ތައްޔާރުވެ ސްޓެލްކޯއިން ގެނައި ޖަނަރޭޓަރުތައް ބަހައްޓާނެ ބިން އެ ކުންފުންޏަށް މިއަދު ހަމަޖައްސައިފި ދީފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ "މިރާ" އަށް މިއަދު ވިދާޅުވީ ހުޅުމާލޭން އެ ކުންފުންޏަށް ބިން ހަމަޖެއްސިކަން ރައީސް އޮފީހުން މިއަދު ވަނީ އަންގާފަ އެވެ. އަދި ސިޓީ ލިބުނުހާ އަވަހަކަށް މިއަދުން މިއަދަށް މަސައްކަތް ފަށައިގަންނާނެ ކަމަށް އެމްޑީ ވިދާޅުވި އެވެ."އަޅުގަނޑުމެން ރިކުއެސްޓް ކުރި ތަނުން ބިން ހަމަޖައްސައިދިނީ. އެއީ ހުޅުމާލެ ތެޔޮ ޝެޑް ސަރަހައްދު. ވަގުތުން މަސައްކަތް ފަށައި އިރާދުކުރެއްވިއްޔާ ރޯދަ މަސް ފެށެންވާއިރަށް މަސައްކަތް ނިންމާލެވޭނެ. އެކަމަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އެބަހުރި. މަސައްކަތް ކުރާނެ މުވައްޒަފުންވެސް ޓީމުގައި އެބަ ތިބި. 24 ގަޑިއިރު މަސައްކަތް ކޮށްގެން އެ މަސައްކަތް ނިންމާލެވޭނެ މާތްﷲ އިރާދުކުރެއްވިއްޔާ،" ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯ އިން ވަނީ މީގެ މަހެއް ކުރިން 13 ޖަނަރޭޓަރު ހުޅުމާލެއަށް ގެނެސްފަ އެވެ. ނަމަވެސް ބިން ހަމަނުޖެހިގެން އެ އިންސްރޯލް ކުރުން ވަނީ ލަސްވެފަ އެވެ. ސްޓެލްކޯއަށް މިހާރު ލިބުނު ބިމުގައި ދެ މެގަވޮޓުގެ 13 ޖަނަރޭޓަރުގެ އިތުރުން 10 ވަރަކަށް ޓްރާންސްފޯމަރު ވެސް ބަހައްޓާނެ އެވެ.ސްޓެލްކޯއިން މޮބައިލް ޖަނަރޭޓަރުތަކެއް ގެންނަން ޖެހުނީ އާބާދީއާ އެއްވަރަށް ކަރަންޓުގެ ލޯޑު ޖެންސުމަށްޓަކައި ހިންގަން ނިންމާފައިވާ ސިސްތް ޕަލާ ކަރަންޓު މަޝްރޫއު ލަސްވުމުގެ ސަބަބުން އެކަމަށް ވެސް މި ވަގުތަށް ހައްލު ތަކެއް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ. މި ޖަނަރޭޓަރު ތަކަކީ އެކަމަށް ގެނައި އެއްޗެކެވެ.ފަސް އަހަރު ދުވަސް ކުރީގައި އޮތް އާބާދީއާ އަޅާބަލާއިރު މާލެ ސަރަހައްދުގެ އާބާދީ ވަނީ ބޮޑު ތަނުން އިތުރުވެފަ އެވެ. އެކަމަކު މި އާބާދީ އަށް ބޭނުން ވާނެ ކަރަންޓު އުފައްދާ ނިޒާމުތަކެއް މިދިޔަ ފަސް އަހަރު ގެނެސްދެވިފައެއް ނެތެވެ. ސްޓެޓިސްޓިކް ޑިޕާޓްމަންޓުން އެންމެފަހުން ހެދި ބޯހިމެނުގެ ހިސާބުތައް ދައްކާ ގޮތުން މާލެ ސަރަަހައްދުގައި 2014 ވަނަ އަހަރުގެ އާބާދީއަކީ 153،904 މީހުންނެވެ. ނަމަވެސް ބޯހިމެނި 2022 ވަނަ އަހަރު މާލެ ސަރަހައްދުގެ އާބާދީއަކީ 212،138 މީހުންނެވެ.އަށް އަހަރަށް ބަލާނަމަ އާބާދީ ވަނީ 58،234 މީހުން އިތުރުވެފަ އެވެ. 2014 ގެ ބޯހިމެނުނާ އަޅާބަލާއިރު ވަނީ އާބާދީ 38 ޕަސެންޓް އިތުރުވެފަ އެވެ. މިއީ އަހަރަކަށް ބަލާނަމަ މާލެ ސަރަހައްދުގެ އާބާދީ ހަތަރު ޕަސެންޓް އިތުރުވެފައިވެ އެވެ.މާލެ ސަރަހައްދުގައި ކަރަންޓުގެ މަޝްރޫއެއް އެންމެފަހުން ހިންގީ 2016 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެއްޓެވި ފިފްތު ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެވެ. ހުޅުލޭގައި 50 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ އުފެއްދުމުގެ ގޮތުން ޗައިނާގެ ލޯނާއެކު ފެށި މި މަޝްރޫއު ނިމި ދަނީ ކަރަންޓު ދެމުންނެވެ. ނަމަވެސް އޭގެފަހުން ހުޅުމާލެ މާސްޓަ ޕްލޭންގެ ބޭރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގޯތި ތަކެއް ދިނުމުގެ ސަބަބުން ކުރިން އަންދާޒާ ނުކުރެވޭ އާބާދީއެއް މި ސަރަހައްދަށް އިތުރުވުމުގެ ބިރު ވަނީ ހީވެދަ އެވެ. މީގެ ސަބަބުން ސްޓެލްކޯގައި އޮތް ކަރަންޓުގެ ކެޕޭސިޓީ 120 މެގަވޮޓް ފަހަނަ އަޅާ ދިއުމުގެ ބިރު އެބައޮތެވެ. އަދި މާލެ ސްޓެލްކޯ ގޯތިތެރޭގައި ޖަނަރޭޓަރު ބަހައްޓާނެ ޖާހައެއް މިވަގުތު ނެތެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ސްޓެލްކޯއިން ގެނައި ޖަނަރޭޓަރުތައް ބަހައްޓާނެ ބިން ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ