ބީއެމްއެލްއިން ވިޔަފާރިތަކަށް ދޭ ލޯނުގެ ޝަރުތުތައް ލުއިކޮށް، ހެޔޮ ބަދަލުތަކެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކަށް ހެޔޮ ބަދަލުތަކެއް މިއަދު ގެނެސްފި އެވެ.
ތަފްސީލް - ބީއެމްއެލް އިން ގެނައި ބަދަލުތަކަކީ:
ރިއަލް އެސްޓޭޓް:
އިކުއިޓީ (އަމިއްލައަށް ކުރަންޖެހޭ ހަރަދު) %30 އިން %20އަށް ދަށްކުރުން
ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކުރުން
ދިގު މުއްދަތަށް ކުއްޔަށް ހިފުމަށާއި ކޮންޓްރެކްޓަރުންނާއި ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި ކުންފުނިތަކާއި މުއައްސަސާތަކާއި ރަޖިސްޓާކޮށްގެން ހިންގާ އެހެނިހެން އިދާރާތަކަށް ވެސް ދިގު މުއްދަތުގެ ކުލީ އެގްރީމެންޓާ އެކު މިހާރު ލޯނަށް އެދި ހުށަހެޅޭނެ
ގެސްޓްހައުސް:
ލޯނަށް އެދި ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނެ
ގެސްޓްހައުސް ހިންގާތާ 2 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ނަމަ %11ގެ ރޭޓުން ލޯނު ލިބޭނެ
އަލަށް ފަށާ ގެސްޓްހައުސްތަކަށް %12ގެ ރޭޓުން ލޯނު ލިބޭނެ
ވޯކިން ކެޕިޓަލް ފައިނޭންސިން:
ވިޔަފާރިއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނަ އިތުރަށް ލޯނު ނެގޭ ގޮތަށް ހަމަޖެއްސުން
ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޝަރުތުތައް ލުއިކުރުން
ބުނީ ކީކޭ؟ - "މި ބަދަލަކީ ދިވެހި ވިޔަފާރިތަކަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ހާމަވާ މުހިންމު ބަދަލެއް. ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިން ހޯދަން ފަސޭހަ ކޮށްދިނުމަށް ގިނަ ޝަރުތުތަކެއް ލުއިކޮށް، ބޭންކުން މިދަނީ ވިޔަފާރިތައް ކުރިއަރުވައި ވާދަވެރި މާކެޓެއްގައި ވިޔަފާރިތަކަށް ދެމިތިބެވޭނެ ފުރުސަތު ފަހިކޮށްދެމުން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
ގުޅުން ހުރި - ބީއެމްއެލް އިން ވަނީ މި ހަފްތާ ތެރޭގައި ގެދޮރު ގަތުމަށާއި އިމާރާތް ކުރުމަށް ދޫކުރާ ލޯނުތަަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްފަ އެވެ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ