ޓިކްޓޮކް އިން "އޭއައި އެލައިވް" ގެ ނަމުގައި އޭއައި ބޭނުންކުރާ އާ ޓޫލެއް ތައާރަފްކޮށްފި އެވެ. އަންގާރަ ދުވަހު އިއުލާނުކުރި މި ފީޗާ އަކީ ޓިކްޓޮކްގެ ސްޓޯރީ ކެމެރާ މެދުވެރިކޮށް އެކްސްކްލޫސިވްކޮށް ލިބެން ހުންނަ ފީޗާއެއް ކަމަށާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަރަކާތް، އެޓްމޮސްފެރިކް އިފެކްޓްސް އަދި ކްރިއޭޓިވް އެލިމެންޓްސް ހިމެނޭ ޝޯޓް ފޯމް ވީޑިއޯތައް އުފައްދަ އެވެ. ގުރޫޕް ސެލްފީތައް އެނިމޭޓެޑް ކުރެވޭނީ ކުދިކުދި އިޝާރާތްތައް ނުވަތަ މޫނުމަތީގެ އިހުސާސްތައް ފާހަގަކުރުމަށެވެ.
އޭއައި އެލައިވް އަކީ ޓިކްޓޮކްގެ ކުރީގެ އިން-އެޕް އޭއައި ޓެކްސްޓް-ޓު-އިމޭޖް ކްރިއޭޓަރު އިތުރުކޮށް، ފޮޓޯތައް ވީޑިއޯތަކަށް ބަދަލުކޮށްދޭ ފުރަތަމަ ވަސީލަތެވެ. އިންސްޓަގްރާމް އަދި ސްނެޕްޗެޓް ފަދަ ވާދަވެރި ޕްލެޓްފޯމްތަކުން ޓެކްސްޓް ޓު އިމޭޖް ފީޗާތައް އާންމުކޮށްފައިވާއިރު، ޓިކްޓޮކް އިން އަންނަނީ ވީޑިއޯ އުފެއްދުމުގައި ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ.
ސްނެޕްޗެޓުން ވެސް ވަނީ ފޮޓޯތަކުން އޭއައި ވީޑިއޯ ޖެނެރޭޝަން ވަރަށް އަވަހަށް ތައާރަފް ކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. ކޮންމެ އޭއައި އެލައިވް ސްޓޯރީއެއްގައި އޭއައި ޖެނެރޭޓެޑް ލޭބަލެއް ހިމަނާފައިވާއިރު، އޭގެ ތެރޭގައި ސީ2ޕީއޭ މެޓާޑޭޓާ ހިމެނޭއިރު، މިއީ ޕްލެޓްފޯމްގެ ބޭރުގައި ޝެއާކުރި ނަމަވެސް ކޮންޓެންޓަކީ އޭއައި ޖެނެރޭޓެޑް ކޮންޓެންޓެއްކަން ކަށަވަރު ކުރުމަށް ބޭނުންކުރާ ޑިޖިޓަލް ސްޓޭންޑަޑެކެވެ. ޓިކްޓޮކް އިން ކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައި ވަނީ މި ޓޫލް ރިލީޒް ކުރުމުގެ ކުރިން "މަލްޓިޕަލް ޓްރަސްޓް އެންޑް ސޭފްޓީ ޗެކް" ހަދާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ބިނާކުރަނީ ރައްކާތެރިކަމަށް ވިސްނައިގެން، އެ އުސޫލަކީ އަޅުގަނޑުމެންގެ އޭއައި އިނޮވޭޝަންތަކަށް ވެސް އަމަލުކުރާ އުސޫލެއް،" އެ ކުންފުނިން ބުންޏެވެ. މޮޑަރޭޝަން ޓެކްނޮލޮޖީން އަޕްލޯޑް ކޮށްފައިވާ ފޮޓޯ އާއި އޭއައި ޖެނެރޭޝަން ޕްރޮމްޕްޓް އަދި އޭގެ ނަތީޖާއެއްގެ ގޮތުން ފެންނަ ވީޑިއޯ ހެދި ފަރާތަށް ހުށަހެޅުމުގެ ކުރިން އެސެސް ކުރެ އެވެ.
ކޮންމެ އޭއައި އެލައިވް ސްޓޯރީއެއް ޝާއިއު ކުރުމުގެ ކުރިން ފައިނަލް ސޭފްޓީ ޗެކެއް ހަދަ އެވެ. އަދި އެ ޕްލެޓްފޯމްގެ ގައިޑްލައިންތަކާ ހިލާފުވާ ކަމަށް ގަބޫލުކުރާ ކޮންޓެންޓް ރިޕޯޓް ކުރުމަށް ވެސް ޓިކްޓޮކް އިން ބާރު އަޅަ އެވެ. އޭއައި އެލައިވް ބޭނުން ކުރުމަށް އިންބޮކްސް ނުވަތަ ޕްރޮފައިލް ޕޭޖުގައި ވާ ނޫ ކުލައިގެ '+' ބަޓަން ޓެޕްކޮށްގެން ކްރިއޭޓަރުންނަށް ސްޓޯރީ ކެމެރާ އަށް ވަދެވޭނެ އެވެ. އެ މީހުންގެ ސްޓޯރީ އަލްބަމްގެ ފޮޓޯއެއް އިޚްތިޔާރު ކުރުމަށްފަހު އޭއައި އެލައިވް އައިކަން އެޑިޓް ކުރުމަށް ކަނާތް ފަރާތުގެ ޓޫލްބާގައި ފެންނާނެ އެވެ. ޝެއާ ކުރުމުން އޭއައި އެލައިވް ސްޓޯރީޒް ފޯ ޔޫ ފީޑް، ފޮލޯއިން ފީޑް އަދި ކްރިއޭޓަރުގެ ޕްރޮފައިލް އިން ފެންނާނެ އެވެ. ޓިކްޓޮކް އިން ބުނީ މި ޓޫލްގެ ސަބަބުން އެ ޕްލެޓްފޯމްގައި ވާހަކަ ދެއްކުމާއި އުފެއްދުންތެރިކަމުގެ އާ ގޮތްތައް ހޯދުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ޓިކްޓޮކް އިން ފޮޓޯ ވީޑިއޯއަށް ބަދަލުކުރުމަށް 'އޭއައި އެލައިވް' ފީޗާ ތައާރަފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ