ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލުކުރުމަކީ ގޯހެއް: ނަޝީދު

"ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލު ކުރާން ޖެހޭ ކަމަށް އާ ވެރިން ހިތައް ވަންނަކަމީ ވަރަށް ބޮޑު ދެރައެއް. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ އިރަށް ފަނޑިޔާރުން ބަދަލު ކުރުމަކީ ފެހި ގާނޫނު އަސާސީ ތަސައްވަރު ކުރި ގޮތެއް ނޫން،"
ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި، އެކަން އެހެން ނުވާނެ ގޮތަކަށް ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ މިއަދު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ރައްޔިތުންގެ މަޖިލީހުން ވަކިކުރުމާ ގުޅިގެންނެވެ."ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލު ކުރާން ޖެހޭ ކަމަށް އާ ވެރިން ހިތައް ވަންނަކަމީ ވަރަށް ބޮޑު ދެރައެއް. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ އިރަށް ފަނޑިޔާރުން ބަދަލު ކުރުމަކީ ފެހި ގާނޫނު އަސާސީ ތަސައްވަރު ކުރި ގޮތެއް ނޫން،" ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއެކު އާ ސުޕްރީމް ކޯޓު އެކުލަވާލާފައިވާ ކަމަށާއި ނަމަވެސް  2013، 2018 އަދި 2023 ގެ އިންތިހާބުތަކަށް ފަހުގައި ކޮންމެ ވެރިކަމަކުން ވެސް ފަނޑިޔާރުން ބަދަލުކޮށްފައިވާ ކަމަށެވެ.
"އެއީ ވަރަށް ބޮޑު ދެރައެއް، އަދި ގޯހެއް. މިކަން މިހެން ނުވާނެ ގޮތަކަށް ނިޒާމް ބަދަލު ކުރަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.ދެ ފަނޑިޔާރުން މިއަދު ވަކިކޮށްފައި ވަނީ ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައި ޖުޑިޝަލް ސާވިސް ކޮމިޝަނުން މައްސަލަ ބެލުމަށްފަހު މަޖިލީހަށް ހުށަހެޅުމުންނެވެ.އަަޒްމިރަލްދާ އާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައި ވަނީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި، ފަނޑިޔާރު މަހާޒް އާ ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ