ކައުންސިލަރެއްގެ ގޮނޑި ހުސްވާއިރު، އެ ކައުންސިލުގެ އުމުރު ހަމަވާން ދޮޅު އަހަރަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ ބައި-އިލެކްޝަނެއް ބާއްވަން ނުޖެހޭ ގޮތް ހަދަން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ބިލެެއް ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު، އަލީ މޫސާ އެވެ. އޭނާ ހުށަހެޅުއްވި ބިލުގައި ލާމަރުކަޒީ ގާނޫނުގެ ހަތަރު މާއްދާއަކަށް އިސްލާހު ހުށަހަޅާފައިވެ އެވެ.
އެގޮތުން ކައުންސިލެއްގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ނުވަތަ ކައުންސިލް މެންބަރަކު އިސްތިއުފާ ދިނުމުން ނުވަތަ އެހެން ވެސް ގޮތަކުން އޭނާގެ ގޮނޑި ހުސްވާ ހާލަތެއްގައި، ކައުންސިލް އުމުރުގެ ބާކީ އޮންނަ މުއްދަތު 548 އަށްވުރެ ކުރު ނަމަ، ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވެ އެވެ.
އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރެއްގެ ގޮނޑި ހުސްވާއިރު ވެސް އެ ކޮމިޓީގެ އުމުރުގެ ބާކީ އޮންނަ މުއްދަތު 548 ދުވަހަށްވުރެ ކުރު ނަމަ ބައި-އިލެކްޝަނެއް ބާއްވަން ނުޖެހޭ ގޮތަށް އިސްލާހު ހުށަހަޅުއްވާފައިވެ އެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލުގެ ގޮނޑިއެއް ހުސްވާއިރު، ކައުންސިލް އުމުރުގެ ބާކީ 365 ދުވަހަށްވުރެ ކުރު ނޫން ނަމަ ބައި-އިލެކްޝަން ބާއްވަން ޖެހެ އެވެ.
މިފަދަ އިސްލާހެއް ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައި މިވަނީ މާފަންނު މެދު ދާއިރާގެ ކައުންސިލް ގޮނޑި ހުސްވެފައި ވަނިކޮށެވެ.
މާފަންނު މެދު ދާއިރާގެ ގޮނޑި ހުސްވީ މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު، އަހުމަދު ނަރީޝް އެ މަގާމުން މިދިޔަ މާޗު 12، ގައި އިސްތިއުފާ ދެއްވުމުންނެވެ.
ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ކައުންސިލް މެންބަރެއްގެ ގޮނޑި ހުސްވެއްޖެނަމަ 14 ދުވަސްތެރޭގައި އެކަން އެލްޖީއޭއިން އިލެކްޝަންސް ކޮމިޝަނަށް އަންގަންޖެހެ އެވެ. ގޮނޑިއެއް ހުސްވެއްޖެކަން އަންގާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވައި ކައުންސިލަށް އާ މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ.
ގޮނޑިއެއް ހުސްވާއިރު ކައުންސިލްގެ އުމުރު ބާކީ ދޮޅު އަހަރަށްވުރެ ކުރު ނަމަ ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތް ހަދަނީ ގޮނޑިއެއް ހުސްވާއިރު ކައުންސިލްގެ އުމުރު ބާކީ ދޮޅު އަހަރަށްވުރެ ކުރު ނަމަ ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ