މަތީ ތައުލީމް ހާސިލްކުރުމަށް ސަރުކާރު އެހީ ދޭ ސްކޮލަޝިޕް ސްކީމްގެ ދަށުން މި އަހަރު އޭޕްރީލް މަހުގެ ނިޔަލަށް ޖުމްލަ 55.5 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، މިއަހަރު އޭޕްރީލް މަހުގެ ނިޔަލަށް 55،517،650.23 ރުފިޔާ ދޫކޮށްފައިވާ ކަމަށާއި މި ފައިސާ ދީފައި ވަނީ ޖުމްލަ 751 ދަރިވަރުންނަށް ކަމަށެވެ.
މީގެ ތެރެއިން 34 ދަރިވަރަކު ވަނީ ކޯސް ފުރިހަމަ ކޮށްފައި ކަމަށާއި އަދި 717 ދަރިވަރަކު ދަނީ ކޯސް ފުރިހަމަ ކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ކޯސް ފުރިހަމަ ކުރި 34 ދަރިވަރުންގެ ތެރޭގައި ހިމެނެނީ 25 އަންހެން ދަރިވަރުންނާއި 9 ފިރިހެން ދަރިވަރުންނެވެ. މިހާރު ކޯސް ފުރިހަމަ ކުރަމުންދާ 717 ދަރިވަރުންގެ ތެރޭގައި ހިމެނެނީ 467 އަންހެން ދަރިވަރުންނާއި 250 ފިރިހެން ދަރިވަރުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މަތީ ތައުލީމް ހާސިލް ކުރުމަށް 717 ދަރިވަރުންނަށް 55.5 މިލިއަން ރުފިޔާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ