ރާއްޖޭގައި ފުރަތަމަ ފަހަރަށް އުރީދޫ އިން ސެމްސަންގް އީސިމް ވެއާރަބަލްސް ތައާރަފުކުރަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އުރީދޫ އިން ސެމްސަންގް އީސިމް ވެއާރަބަލްސް ތައާރަފުކުރަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަސްޓަމަރުން ކައިރީގައި ފޯނު ބޭނުން ނުކޮށް ސްމާޓްވޮޗުން ސީދާ ގުޅާލެވޭ އީ-ސިމް ވެއާރަބަލް ހިދުމަތް ތައާރަފު ކުރަން އުރީދޫ މޯލްޑިވްސްއިން ތައްޔާރުވެއްޖެ އެވެ.
މި ޒަމާނީ ޓެކްނޮލޮޖީއާ އެކު، ފޯނު ބޭނުންކުރާ ފަރާތްތަކަށް އެ މީހުންގެ ސެމްސަންގް ސްމާޓްވޮޗުން ގުޅައި، މެސެޖް ފޮނުވައި، މިއުޒިކް ސްޓްރީމްކުރުމުގެ އިތުރުން، ފޭވަރިޓް އެޕްލިކޭޝަންތަކާ ގުޅިފައި ތިބެވޭނެ އެވެ.
އުރީދޫއިން ބުނީ ސެމްސަންގް އީ-ސިމް ބޭނުންކުރާ ސްމާޓްވޮޗްތައް ތައާރަފްކުރުމާއެކު ވެއާރަބަލް ކަނެކްޓިވިޓީއަށް އިންގިލާބީ ބަދަލެއް ގެނެސް، އީސިމް ފަންކްޝަނަލިޓީގެ ސަބަބުން މެދުނުކެނޑި ކަނެކްޓިވިޓީ ކަށަވަރުވެ، ކަސްޓަމަރުންނަށް އިތުރު މިނިވަންކަމާއި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހަމާދީ ވިދާޅުވީ އެ ކުންފުނިން އެންމެ ފަހުގެ އިނޮވޭޝަންތައް ކަސްޓަމަރުންނަށް ގެނެސްދީ، ކަސްޓަމަރުގެ ޑިޖިޓަލް ދިރިއުޅުން ފުރިހަމަ ކުރަން ދެމިތިބޭނެ ކަމަށެވެ.
އުރީދޫ އިން ސެމްސަންގް އީސިމް ވެއާރަބަލްސް ތައާރަފްކުރަން އުޅޭކަން އިއުލާން ކުރުން -- ފޮޓޯ: އުރީދޫ
"ސެމްސަންގް އީސިމް ވެއާރަބަލްސް އާ އެކު ކަނެކްޓިވިޓީގެ އިތުރު ފުރުސަތުތައް ހުޅުވި، ކަސްޓަމަރުންނަށް ފޯނާ ނުލާވެސް ގުޅައިގެން ތިބުމަށާއި ފިޓްނަސް ޓްރެކްކޮށް، އެމީހުންގެ ދުވާލުގެ ހަރަކާތްތައް ފަސޭހަކަމާ އެކު ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ސެމްސަންގް ސްރީލަންކާ އެންޑް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް ވިދާޅުވީ އެ ކުންފުންޏަކީ ޒަމާނީ ވެއާރަބަލް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ހާއްސަވެފައިވާ ކުންފުންޏެއް ކަމަށާއި އެ ޓެކްނޮލޮޖީގެ ސަބަބުން ކަސްޓަމަރުންގެ ދިރިއުޅުން ހަރުދަނާ ކޮށްދެނީ މެދުކެނޑުމެއް ނެތި ކަނެކްޓިވިޓީގެ ޒަރިއްޔާއިން ކަމަށެވެ.
ސެމްސަންގް އީސިމް ވެއާރަބަލްގެ ހިދުމަތް އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް އަންނަ މަހުގެ ތެރޭގައި ދޭން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
މިގޮތުން މިހާރު ބޭނުންކުރާ މޯބައިލް ނަންބަރާއެކު ސްމާޓްވޮޗް އެކްޓިވޭޓް ކުރެވޭއިިރު، ސަޕޯޓްޑް ޑިވައިސްތަކާއި އެކްޓިވޭޝަން ސްޓެޕްތައް ހިމެނޭ ގޮތަށް އިތުރު ތަފްސީލްތައް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާނު ކުރާނެ ކަމަށް އެ އުރީދޫއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ