މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. 
މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައި ވަނީ މިއަދު މެންދުރު 12:30 ހާއިރުއެވެ. ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ސާފު ނުވި ނަމަވެސް ސްޓެލްކޯއިން ދާދި ދެންމެއަކު ބުނީ މާލޭގެ ހުރިހާ ސަރަަހައްދަކަށް މިހާރު ކަރަންޓުގެ ހިދުމަތް ދީފައިވާ ކަމަށެވެ. 
އަދި ހަމަ އެހެންމެ ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރެއް ފިޔަވާ އެހެން ހުރިހާ ޓްރާންސްފޯމަރެއް އެނާޖައިޒް ކޮށްފައިވާ ކަމަށެވެ. އަދި އެ ޓްރާންސްފޯމަރު ހުރި ސަރަހައްދު ފިޔަވާ އެހެން ސަހަރައްދުތަކުގެ ކަރަންޓު ނުލިބޭ ކަސްޓަމަރެއް ހުރި ނަމަ އެމާޖެންސީ ނަމްބަރު 104 އަށް ގުޅުމަށް ވެސް ސްޓެލްކޯއިން ވަނީ އެދިފައެވެ. 
ކަރަންޓު ދިޔުމަށްފަހު ސްޓެލްކޯއިން ފުރަތަމަ ކަރަންޓުގެ ހިދުމަތް ދީފައި ވަނީ ހޮސްޕިޓަލްތަކަށެވެ. އަދި އެއަށްފަހު މާލޭގެ އެކި ސަރަހައްދުތަކަށް ކަރަންޓު ދެމުން ގޮސް ހުރިހާ ސަރަހައްދަކަށްވެސް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތު ދީފައެވެ. 
ކަރަންޓު ކެނޑުނު ވަކި ސަބަބެއް މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް ސްޓެލްކޯއިން ބުނީ، މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ ހިދުމަތްދޭ އެއްވެސް އާލާތެއް (އިކުއިޕްމެންޓް)އަކަށް ގެއްލުންވެގެން ނޫން ކަމަށެވެ. އަދި ހަމަ އެހެންމެ މިވަގުތަކަށް މާލެއަކަށް ކެޕޭސިޓީގެ ޝޯޓޭޖެއް ވެސް ނެތް ކަމަށް އެ ކުންފުނީގެ ފަރާތުން ވަނީ މިއަދު މައުލޫމާތު ދީފައެވެ. 
މި މައްސަލައާ ގުޅިގެން ހާއްސަ ތަހުގީގެއް ހިންގެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާއިރު އެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ވެސް މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
    
    މާލޭގެ ހުރިހާ ސަރަހަށްދަކަށް ކަރަންޓު ދީ، ހުޅުމާލޭގެވެސް ބޮޑު ބަޔަކަށް ކަރަންޓު ދީފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ