ނިމުނު ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު އެއްވަރުވެގެން އިތުރު ބުރެއް ބޭއްވި ދ. މީދޫ ކައުންސިލުގެ ރައީސްގެ މަގާމު ތަފާތު ބޮޑު ނަތީޖާއަކުން ޕީއެންސީގެ ކެނޑިޑޭޓު ސުހާ އިބްރާހިމް މިއަދު ކާމިޔާބުކުރައްވައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ސުހާއަށް 529 ވޯޓު ލިބުނުއިރު އޭނާއާ ވާދަކުރި އެމްޑީއޭގެ ކެނޑިޑޭޓު، މުހައްމަދު ޝާހިދަށް ލިބުނީ 449 ވޯޓެވެ. މި ނަތީޖާއާއެކީ މީދޫ ކައުންސިލުގެ ހުރިހާ ގޮނޑިއެއް ވަނީ ޕީއެންސީއަށް ލިބިފަ އެވެ.
މީދޫ ކައުންސިލުގެ ރައީސްގެ މަގާމުގެ އިތުރު ބުރެއް ބާއްވަން ޖެހުނީ، ހައި ކޯޓުން ކުރި ހުކުމަކާ ގުޅިގެން އަލުން ވޯޓު ގުނިއިރު ސުހާ އާއި ޝާހިދުގެ ވޯޓު އެއްވަރުވެގެންނެވެ.
މިދިޔަ އޭޕްރިލް މަހު ބޭއްވި ކައުންސިލު އިންތިހާބުގައި، މީދޫ ކައުންސިލުގެ ރައީސް ކަމަށް ކުރިމަތިލީ ސުހާ އާއި ޝާހިދުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް ނަސީމެވެ.
މި ދާއިރާގެ ވޯޓު ފޮށިތައް ފުރަތަމަ ގުނާ ނިމުނުއިރު، ސުހާއަށް ލިބުނީ 393 ވޯޓެވެ. ޝާހިދަށް ލިބުނީ 392 ވޯޓެވެ. ނަސީމަށް ލިބުނީ 100 ވޯޓެވެ.
ސުހާއަށް ލިބުނު ވޯޓެއް ބާތިލުވީ ކަމަށް ކަނޑައެޅީ، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް، ވޯޓު ލުމުގެ ހައްގު ނެތް މީހަކު ވޯޓު ލާފައިވާކަން ސާބިތުވުމުންނެވެ. އެ ވޯޓު ފޮށި އަލުން ގުނުމުން، އެއް ވޯޓުގެ ތަފާތުން ޝާހިދު ކޮޅަށް ނަތީޖާ އެނބުރުނެވެ.
ނަމަވެސް، ސުހާ ވަނީ އޭނާއަށް ލިބުނު ދެ ވޯޓު ކަރުދާހެއް ބާތިލުކުރީ ގޯސްކޮށް ކަމަށް ބުނެ ހައި ކޯޓަށް މައްސަލަ ހުށަހަަޅާފަ އެވެ. މި މައްސަލައިގައި ކޯޓުން ވަނީ ބާތިލުކުރި އެއް ކަރުދާހަކީ ސައްހަ ވޯޓެއް ކަމަށް ކަނޑައަޅާފަ އެވެ.
މީދޫ ކައުންސިލުގެ އިތުރު ބުރުގެ ވޯޓުގައި 1049 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބުނުއިރު، 978 މީހަކު ވޯޓުގައި ބައިވެރިވި އެވެ.
ކުރިން ވޯޓު އެއްވަރުވީ މީދޫ ކައުންސިލުގެ ރައީސް ކަމަށް ބޮޑު ތަފާތަކުން ޕީއެންސީގެ ސުހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ