މީދޫ ކައުންސިލް ރައީސްކަން ޕީއެންސީއަށް

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓު އެއްވަރުވުމުން، އަލުން ނެގި ވޯޓު، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް މިއަދު ކާމިޔާބުކޮށްފި އެވެ.އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސުހާއަށް 529 ވޯޓު ލިބުނެވެ. މުހައްމަދު ޝާހިދަށް ލިބުނީ 449 ވޯޓެވެ.މާލޭގެ އިތުރުން ދ. މީދޫގައި ކުރިއަށްދިޔަ އިންތިހާބުގައި ޖުމްލަ ތިން ވޯޓުފޮށި ބެހެއްޓީ އެވެ.ދ. މީދޫ ކައުންސިލް ރައީސްގެ މަގާމުގެ އިތުރު ބުރެއް ނެގީ މި އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެރަށުގައި ބެހެއްޓި ދ.މީދޫ-2 ނަންބަރު ވޯޓު ފޮށީގެ މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްހަ ކަމަށް ކަނޑައަޅައި ހުކުމް ކުރުމާއި ގުޅިގެން ކައުންސިލް ރައީސްގެ މަގާމަށް އިންތިހާބު ކުރަންޖެހޭ މެންބަރުންގެ އަދަދަށްވުރެ ގިނަ އަދަދެއްގެ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ