ބަރަކާތްތެރި ރަމަމާންމަހާއި ކުރިމަތިލާން އޮތީވެސް ފުރިހަމަ ތައުބާއަކުން ތައުބާވެގެން ހުރެއެވެ. އެވަރުންވެސް ފުއްދައިނުލާށެވެ! ރޯދައަށް ހުރެގެންނާއި ރޯދަވީއްލާއިރުގައާއި އަދި ޜޭގަނޑުގެ ވަޤުތުތަކުގައި ތިމާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ދުޢާކުރަމުން ގެންދާށެވެ! ދުޢާކުރުން ގިނަކުރިވަރަކަށް އެމީހެއްގެ ދަރަޖަ މަތިވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ
ތައުބާވުމާއި ގުޅުންހުރި މުހިންމު ލިޔުމެއް!:
އިންސާނުންނަށް ފާފަކުރެވޭނެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑު ފާފައަކީ އާދަމްގެފާނުގެ ދެކަނބަލުންނަށް ކުރެއްވެވުނު ފާފައެވެ. އާދަމްގެފާނު ޚަލްޤްކުރެއްވެވީ ޚުދު ﷲ ތަޢާލާގެ "އަތްޕުޅުން"ކަން އެނގެން އެބައޮތެވެ. އަދި އެއަށްފަހު ލެއްވެވީ މިދުނިޔެއަކުވެސް ނޫނެވެ. މަތިވެރިވެގެންވާ ސުވަރުގޭގައެވެ.
ވީއިރު ސުވަރުގޭގައި ހުންނަވައިގެން ﷲ ޙަރާމް ކުރެއްވެވި އެއްޗެއް ފަރިއްކުޅުއްވެވުމުގެ ފާފައަށްވުރެ ބޮޑުވާނީ ކޮންފާފައެއް ހެއްޔެވެ؟ އެހެންނަމަވެސް ފާފަފުއްސަވައިދެއްވެވުން އެދިވަޑައިގެން އިޚްލާޞްތެރިކަމާއިއެކު ދުޢާކުރެއްވެވުމުން ވަގުތުން ވަނީ ފާފަފުއްސަވައިދެއްވަވައި އަދި ރަޙްމަތް ލައްވަވައިފައެވެ.
ތައުބާވި ނަމަވެސް ނުދިންނަވާނެ ކަމަށާއި މީސްތަކުންގެ ކުރިމަތީގައި ފަޟީޙަތްވެ އަދަބުވެސް ލިބޭނެކަމަށް ވިސްނައިދެނީ ޝައިޠޯނާއެވެ. ޝައިޠޯނާއަކީ އެންމެ ބޮޑު ދޮގުވެރިޔާއެއްވެ. އޭތިވަނީ ﷲ ގަންދީ ދޮގުހުވާކޮށްފައެވެ. އާދަމްގެފާނުގެ ދެކަނބަލުން ލައްވައި އެބޮޑުފާފަކުރުވީ ﷲ ގަންދީ ދޮގުހުވާކޮށްގެންނެވެ. ވީއިރު ފާފަތައް ފުއްސަވައި ދެއްވަވާނެކަމަށް ﷲ ތަޢާލާ ވަޙިކުރައްވަވާފައިވަނިކޮށް ޝައިޠޯނާގެ ބަހަށް ހެއްލި ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ދޮގުކުރަން ހެޔޮވެދާނެ ހެއްޔެވެ؟ ނިކަން ބުއްދީގެ ބޭނުންކޮށްބަލާށެވެ!
އެއްވެސް މީހަކު، އެމީހާއަށް ކުރެވުނު ފާފައަށް ނުވތަ ފާފަތަކަށް ތައުބާވާން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަމުން ދަނިކޮށް އެމީހާ ފަޟީހަތެއް ނުކުރައްވަވާނެތެވެ. އެހެނީ އެނުބައި ފާފަތައް ކުރަމުން ދިއައިރު ފަޟީޙަތް ނުކުރައްވަވާފައި ތައުބާވާން މަސައްކަތްކުރަންފެށުމުން އެކަންވެގެންދާނީ ﷲ ތަޢާލާގެ ދީލަތިވަންތަކަމުގެ ސިފަފުޅުތަކާއިވެސް ޚިލާފްވެގެންދާ ކަމަށެވެ. އަދި ވަޙި ބަސްފުޅާއިވެސް ޚިލާފް ކަމަކަށެވެ.
އެހެނީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ ތިއަބައިމީހުންނަށް ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ފާފަފުއްސަވައި ދެއްވެވުމަށް (އިޚްލާޞްތެރިކަމާއިއެކު) ތިމަން ﷲ ގެ ޙަޟްރަތުގައި އެދިދެންނެވުމުން ފާފަތައް ގިނަވެ މުޅި ކައުނު ފުރޭހައި ގިނަ ފާފަކުރެވިފައިވީނަމަވެސް ފުއްސަވައިދެއްވަވާނެކަމަށެވެ. އެންމެ ބޮޑުފާފަކަމުގައިވާ ޝަރީކުކުރުމުގެ ފާފަވެސް އެދި ދެންނެވުމުން ފުއްސަވައި ދެއްވަވަތެވެ.
މީސްތަކުންނޭވެ! ޝައިޠޯނާގެ ބަހަށް ހެއްލި ތައުބާވުމަށް ފަސްނުޖެހޭށެވެ! އިޚްލާޞްތެރިކަމާއިއެކު ތައުބާވާށެވެ! ތިބާއަށް ކުރެވުނު ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެތެވެ. އަދި ތިބާ ފަޟީޙަތްވެސް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން
ޢަމަލުތައް އިޞްލާޙްކޮށް ކުރެވިފައިވާ ފާފަތަކަށް ތައުބާވާން މަސައްކަތްކުރާ މީހުންނަށް އޮތް އެންމެ އުފާވެރި ޚަބަރު: މުފްތީ މެންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ