ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯ އިން ތާޒާ ލޮނެމެދު ބާޒާރަށް ނެރެ، 100ރ. އަށް ވުރެ މަތީގައި ހުރި ލޮނުމެދު ކިލޯއެއްގެ އަގު 45ރ. އަށް ވައްޓާލައިފި އެވެ.
މިދިޔަ ހަފްތާއެއްހާ ދުވަހު ލޮނުމެދުގެ އަގު އުފުލި، ކިލޯއެއްގެ އަގު 150ރ. އަށް ވެސް އެރި އެވެ. ނަމަވެސް އެސްޓީއޯއިން ބާޒާރަށް ހެޔޮ އަގުގައި ލޮނުމެދު ނެރުމުން އަގު މިހާރު ވަނީ އަގު ވެއްޓިފަ އެވެ.
އެސްޓީއޯ އިން ލޮނުމެދު ވިއްކަމުން ދަނީ އެސްޓީއޯގެ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ.
ހުޅުމާލޭ ހޮޓާ ހޯލްސޭލް ސައިޓް މި ރޯދަ މަހަށް ހާއްސަ ކޮށްގެން އެސްޓީއޯ އިން ވަނީ ހުޅުމާލޭ ފިހާރަތަކަށް އަދި އާންމުންނަށް މުދާ ފަސޭހަލުން ލިބޭނޭގޮތް ހަމަޖައްސާފަ އެވެ
އެސްޓީއޯ އިން އަންނަނީ ރޯދަ މަހަށް ހާއްސަކޮށް ފިޔާ، އަލުވި، ބިސް އަދި ލުނބޯފަދަ ކާބޯތަކެތި ރާއްޖެއަށް އެތެރެކޮށް އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން އެސްޓީއޯ އިން ތަކެތީގެ އަގު ކަނޑައަޅަމުން ދަނީ ބާޒާރުގެ އަގަށް ރިއާޔަތް ކުރުމަށްފަހު ކަމަށްވާއިރު އަގުތަކަށް އަންނަ ބަދަލާ ގުޅިގެން އެ ކުންފުނިން ވިއްކާ އަގަށް ވެސް ބަދަލު ގެންނާނެ ކަމަށް ކުރިން ވަނީ ބުނެފަ އެވެ.
އެސްޓީއޯ އިން ފިޔާ ބަސްތާއެއް 335ރ. އަށް ވިއްކަމުންދާއިރު ކިލޯއެއް ވަކިން ވިއްކަނީ 14ރ. އަށެވެ. އަދި ބިސް ކޭހެއް 350ރ. އަށް ވިއްކާއިރު ބިހެއް ވަކިން ވިއްކަނީ 2ރ. އަށެވެ. އަލުވި ބަސްތާއެއް 515ރ. އަށް ވިއްކާއިރު ވަކިން ކިލޯއެއް ވިއްކަނީ 25ރ. އަށެވެ.
އެސްޓީއޯއިން ލޮނުމެދު ބާޒާރަށް ނެރެ އަގު 45ރ. އަށް ވައްޓާލައިފި އެސްޓީއޯއިން ލޮނުމެދު ބާޒާރަށް ނެރެ އަގު 45ރ. އަށް ވައްޓާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ