މުލަ ރޯދަ: މާޗު 1، 2025: ރޯދަ މަހުގެ ފުރަތަމަ ދުވަހު ވެސް ބާޒާރު މަތި ފެނުނީ ހަލަބޮލިކޮށް. ރޯދަ ފެށުމާ އެކު ބައެއް ތަކެތީގެ އަގު ވަނީ އުފުލިފައި.
މުލަ ރޯދަ: މާޗު 1، 2025: މިދިޔަ އަހަރާ އަޅާބަލާއިރު މިފަހަރުގެ ރޯދަ މަހު އޮރެންޖުގެ އަގު އަދި ހުރީ އަތްފޯރާ ފަށުގައި.
މުލަ ރޯދަ: މާޗު 1، 2025: މުލަ ރޯދަ މިފަހަރު ވެސް ދިމާވީ ވިއްސާރަ ދުވަހަކާ. ނަމަވެސް ބާޒާރުމަތީގެ ހަލަބޮލި ކަމަކަށް ބަދަލެއް ނާދޭ. ރޯދައިގައި އާންމުކޮށް ބޭނުން ކުރާ ބާވަތްތައް ބާޒާރުގައި ތިޔާގި.
މުލަ ރޯދަ: މާޗު 1، 2025: ބާޒާރުގައި ކަނޑު މަހާއި ކަންނެލީގެ އަގު ހުރީ 30ރ. އާއި 35ރ. އާ ދެމެދުގައި. އަދި މުށިމަސް ބައެއް ލިބެން ހުރީ 25ރ. އަށް.
މުލަ ރޯދަ: މާޗު 1، 2025: މިދިޔަ ރޯދަ މަހާ އަޅާބަލާއިރު ބާޒާރުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދަށް އެއްވެސް ބަދަލެއް ނާދޭ. ގިނަ ވިޔަފާރިގޮޅިތަކުގައި މިއަދުވެސް ހަރަކާތްތެރިވަމުން ދިޔައީ ބިދޭސީން.
މުލަ ރޯދަ: މާޗު 1، 2025: މަސް މާރުކޭޓަށް ގިނަ ބަޔަކު މަސް ގަންނަން ގޮސް ފުނި ޖެހިފައި އޮތްއިރު ވަރުބަލި ކަމެއް ނެތި މަސްކަނޑާ މީހުން ދިޔައީ އެމީހުންގެ ވަޒީފާ އަދާކުރަމުން.
މުލަ ރޯދަ: މާޗު 1، 2025: މޫސުން ގޯސް ދުވަހެއް ނަމަވެސް ގިނަ ބަޔަކު ވިޔަފާރި ކުރަން ބާޒާރަށް ގޮސްފައިވޭ.
މުލަ ރޯދަ: މާޗު 1، 2025: ރޯދަ މަހާ ބަލާއިރު މަސް މާރުކޭޓުގައި މަސް އަދި އެހާ ތިޔާގިއެއް ނޫން. ނަމަވެސް ބައެއް ކުދި ދޯނިފަހަރުން މަސް މާރުކޭޓަށް މަސް ބާލައި ވިއްކަމުންދޭ.
މުލަ ރޯދަ: މާޗު 1، 2025: ރޯދަ މަސް ފެށުނީ އަނބު ތިޔާގިވެފައި އޮއްވާ. ނަމަވެސް ރޯދަ މަސް ފެށުމުގެ ކުރިން 100ރ. އަށް ވިއްކަމުން އައި އަނބު ކިލޯއެއްގެ އަގު މިއަދު ވަނީ 120ރ. އަށް އުފުލިފައި.
މުލަ ރޯދަ: މާޗު 1، 2025: ރޯދަ މަހުގެ ފުރަމަ ދުވަހު ކަނޑު މަހާއި ކަންނެލީގެ އަގު ހުރީ 30ރ. އާއި 35ރ. އަށް ކިލޯއެއްގެ މަގުން. މުށިމަހާއި ފަރުމަސް ވެސް ކޮންމެ ވެސް ވަރަކަށް ބާޒާރުގައި ހުރި.
ފޮޓޯ: ރޯދަ މަހުގެ ފުރަތަމަ ދުވަހު ވެސް ބާޒާރުމަތިން ހަލަބޮލިކަން ފޮޓޯ: ރޯދަ މަހުގެ ފުރަތަމަ ދުވަހު ވެސް ބާޒާރުމަތިން ހަލަބޮލިކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ