އަމާނާ ތަކާފުލްގެ "ފިނިބުރު ޕްރޮމޯ" ގެ ދަށުން ކޮންމެ ހަފްތާއަކު އައިފޯން 16 ޕްރޯ މެކްސްއެއް އަމާނާ ތަކާފުލްގެ "ފިނިބުރު ޕްރޮމޯ" ގެ ދަށުން ކޮންމެ ހަފްތާއަކު އައިފޯން 16 ޕްރޯ މެކްސްއެއް

އަމާނާ ތަކާފުލް އިން ރޯދަ މަހަށް ހާއްސަކޮށްގެން ފެށި "ފިނިބުރު ޕްރޮމޯ" ގެ ދަށުން ކޮންމެ ހަފްތާއަކު އައިފޯން 16 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރޯދަ މަހު ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ އޮންލައިންކޮށް އަމާނާ ތަކާފުލްގެ ތާޑް ޕާޓީ މޮޓޯ ތަކާފުލް އިންޝުއަރެންސް ގަންނަ ކަސްޓަމަރުންނަށެވެ.
އަމާނާ ތަކާފުލް އިން ބުނީ ފަސޭހަކަމާ އެކު އޮންލައިންކޮށް އިންޝުއަރެންސް ޕޮލިސީ ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި މިއީ އަގުހުރި އިނާމެއް ހޯދަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
މުޅި ރޯދަ މަހުގެ ތެރޭގައި ހަތަރު އައިފޯން ޕްރޯ މެކްސް ފޯނު އަމާނާ ތަކާފުލްއިން ދޭ އިރު، ނަސީބުވެރިންގެ މައުލޫމާތުތައް އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖުތައް މެދުވެރިކޮށް ހާމަކުރާނެ ކަމަށް ބުންޏެވެ.
އަމާނާ ތަކާފުލް އިން ކަސްޓަމަރުން އެކި ފުރުސަތުތައް ހޯދައި ދިނުމަށް އަބަދުވެސް ޝައުގުވެރި އެކި ޕްރޮމޯޝަންތައް ކުރިއަށް ގެންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ