ތިލަ އުތުރު ވޮލީ މުބާރާތުގެ ޗެމްޕިއަން ޓީމަށް 70000 ރުފިޔާ

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކުގެ އަންހެނުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ތިލައުތުރު ވޮލީ މުބާރާތް 2025" ގެ ޗެމްޕިއަން ޓީމަށް 70000 ރުފިޔާ ދިނުމަށް ހަމަޖެހިއްޖެ އެވެ.މުބާރާތް ހޯސްޓް ކުރާ ރަށް - ހޯރަފުށީ ކައުންސިލުން ބުނީ މުބާރާތުގެ އެއް ވަނަ އަށް ހޮވޭ ޓީމަށް ހޯރަފުށީ ކައުންސިލާޢީ ޑަބްލިޔުޑީސީ އިން ހަދިޔާ ކުރާ 50000 ރުފިޔާ އަދި ހއ އަތޮޅު ކައުންސިލުން ހަދިޔާ ކުރާ 20000 ރުފިޔާ އެކު ޗެމްޕިއަން ޓީމަށް ޖުލްލަ 70000 ރުފިޔާގެ ލިބޭނެ ކަމަށެވެ.މީގެ އިތުރުން މުބާރާތުގެ ދެ ވަނަ އަށް ހޮވޭ ޓީމަށް 10000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާ ކަމަށެވެ. ހޯރަފުށީ ކައުންސިލުން އިތުރަށް ބުނީ މި މުބާރާތުގެ ތެރެއިން ހޮވާ އިތުރު ވަނަ ތަކުގެ ތެރޭގައި އެންމެ މޮޅު ހަ ކުޅުން ތެރިން، އެންމެ މޮޅު ކޯޗް، ކްއީން އޮފް ދަ ޓޯނަމެންޓް އަދި މުބާރާތުގެ ފެއާ ޕްލޭ ޓީމް ވެސް ހޮވުން އޮންނާނެ ކަމަށެވެ.ހއ. ހޯރަފުށީގައި ހޯސްޓް ކުރާ މި މުބާރާތުގެ މަގްސަދާއި ގުޅޭ ގޮތުން ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަހީދު "ހޯރަ" އަށް ވިދާޅުވީ މި މުބާރާތް ހޯރަފުށީގައި ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ހޯރަފުއްޓަކީ ޒަމާނުންސުރެ ވޮލީއަށް ޝައުގުވެރިވާ ޒުވާނުންތަކެއް ދިރިއުޅޭ ރަށަކަށްވުުން ކަމަށެވެ.  ވަހީދު ވިދާޅުވީ ރާއްޖޭގެ ގައުމީ ފެންވަރުގެ މުބާރާތްތަކުގައާއި، އަތޮޅު ފެންވަރުގެ މުބާރާތް ތަކުގައި ހޯރަފުށީހެ ޓީމްތައް ވާދަކޮށް އެކަށީގެންވާ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވުމާއި ކުޅިވަރާއި ކަސްރަތުގެ ތެރެއިން މުޖުތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވާ އާލާކޮށް ބަދަހި ކުރުމާއި ހއ. އަތޮޅުގެ ރަށްތަކުގެ ގުޅުންތެރިކަން ބަދަހި ކުރުމުގެ ބޭނުމަކީ ވެސް މި މުބާރާތް ހޯރަފުށީގައި ހޯސްޓް ކުރާ ސަބަބެއްކަމަށެވެ "ތިލައުތުރު ވޮލީ މުބާރާތް 2025" މި އަހަރު ހއ.ގެ ފަސް ރަށަކުން ބައިވެރިވެ އެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫ އެވެ.ހޯރަފުށީ ވޮލީ ބޯޅަ ކޯޓުގައި މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 23 އިން 31 ގެ ނިޔަލަށެވެ. "ތިލައުތުރު ވޮލީ މުބާރާތް 2025"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ހޯރަ އޮންލައިން" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ