ސީގިއާއިން ބޮޑު އީދަށް އެންމެ ބޮޑު މޫދު ސޭލް

ބޮޑު އީދު ބޯމަތިވެފައިވާއިރު، ސީގިއައިން މިއަހަރު ވެސް މި ވަނީ އެ ފިހާރައިގެ "މޫދު ސޭލް" ފަށައިފަ އެވެ. މި ސޭލްގައި މޫދު ކުޅިވަރާ ގުޅުންހުރި ހުރިހާ ބާވަތެއްގެ ސާމާނު ވަރަށް ހެޔޮ އަގެއްގައި ލިބެން ހުންނާނެ އެވެ. ސީގިއާއިން ބުނާ ގޮތުގައި އެ ސޭލްގެ ބޭނުމަކީ:
އީދުގެ ފޯރި އިތުރުކޮށް، ދިވެހިންގެ މެދުގައި މަގްބޫލު މޫދު ކުޅިވަރުތަކަށް ބޭނުންވާ ތަކެތި ވީހާވެސް ހެޔޮ އަގެއްގައި ފޯރުކޮށްދިނުން 
70%އާ ހަމައަށް ޑިސްކައުންޓް ލިބޭނެ 
މި ސޭލްގައި އޮނީލް، މޯމައި އަދި ހާލޭ ފަދަ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތައް ހެޔޮއަގުގައި ލިބެން ހުނާނެ އެވެ. މީގެ ތެރޭގައި ޓީޝާޓް، ސޯޓް، ބެކްޕެކް އަދި ތޮފީގެ އިތުރުން އަވިއައިނު އަދި ވޯޓަ ޕްރޫފް ބެކްޕެކާއި ޑްރައި ޓިއުބްސް ފަދަ ތަކެތި ބޮޑެތި ޑިސްކައުންޓްތަކާ އެކު ލިބޭނެ އެވެ. 
މިއީ އެއްޗެއް ނުގަނެ ދޫކޮށްލާ ވަރުގެ ސޭލެއް ނޫނެވެ. 
ރާޅާ އެޅުމަށް ބޭނުންކުރާ ބޯޑުތަކާއި އެހެނިހެން މޫދު ހަރަކާތްތަކަށް ބޭނުންކުރާ އެކި ބާވަތުގެ ބޯޑުތައް ވެސް މި ސޭލްގައި ހިމެނެ އެވެ. މީގެ އިތުރުން ރޭޝްގާޑް، ސްވިމިން ސޫޓް އަދި މޫދަށް އެރުމަށް ބޭނުންކުރާ އެހެނިހެން ހެދުން ވެސް ވަރަށް ހެޔޮ އަގެއްގައި ލިބެން އެބަހުއްޓެވެ. 
ކުޑަކުދިންނަށް ހާއްސަކޮށްގެން މާސްކާއި ފިންސް، އަދި އެހެނިހެން މޫދު ކުޅިވަރުގެ ސާމާނު ވެސް މި ސޭލްގައި ހިމެނެ އެވެ. މިއީ އާއިލާއާއެކު އީދު ފާހަގަކުރުމަށް ބޭނުންވާ ހުރިހާ މޫދު ސާމާނެއް އެއްތަނަކުން ހޯދުމުގެ ރަނގަޅު ފުރުސަތެކެވެ.
މި ސޭލްއަކީ އީދުގެ އުފާވެރިކަން އިތުރުކޮށް، މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. އީދުގައި އާއިލާއާ އެކު ޗުއްޓީއަށް ރަށަކަށް ދާން ނިންމައިގެން ހުރި ނަމަ އަވަހަށް ސީގިއާއާ ދިމާލަށް މިސްރާބު ޖަހާށެވެ. އަގު ހެޔޮ ކޮލިޓީ މޫދު ސާމާނު އެހެރީ ލިބޭށެވެ. އަވަސްކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ