ފުލުހުންގެ މައި މަރުކަޒު ހުޅުމާލޭގައި އަޅަނީ، އެއްބަސްވުމުގައި ސޮއިކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ ހުޅުމާލޭގައި ތަރައްގީ ކުރުމަށް ފުލުހުންނާއި އެޗްޑީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިއްޔެ އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއި ކުރެއްވީ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް, ޑެޕިއުޓީ ކޮމިޝަނާ އިސްމާޢީލް ނަވީން އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑރ. މައުރޫފް ޖަމީލް އެވެ.
ފުލުހުން ބުނި ގޮތުގައި ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ އެ އިދާރާގެ މައި މަރުކަޒާއި ޑޭޓާ ސެންޓަރެވެ.
ފުލުހުންގެ ހިދުމަތުގެ މައި އިދާރާ ހުޅުމާލޭގައި ތަރައްގީ ކުރުމަށް އެއްބަސްވުން ގާއިމު ކުރުން -- ފޮޓޯ: އެޗްޑީސީ
ފުލުހުންގެ ހިދުމަތުގެ މައި އިދާރާގެ ގޮތުގައި މިހާރު ބޭނުން ކުރަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޝަހީދު ހުސައިން އާދަމް ބިލްޑިން އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭ ގައި ފުލުހުންގެ މައި މަރުކަޒު ބިނާ ކުރެވިގެން ދިއުމަކީ ކުރިއަރަމުން އަންނަ އެ ސިޓީގައި ޕަބްލިކް ސާވިސް އިންފްރާސްޓްރަކްޗާ އިތުރު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ