ވައިގެމަގުން
ރާއްޖެ އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް
ސާވިސްއިން މިއަދު އަތުލައިގަނެފިއެވެ.
މިތަކެތި
އަތުލައިގަނެފައިވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. ކަސްޓަމްސްއިން
ބުނީ، މިތަކެތި އަތުލައިގަނެފައިވަނީ، ވައިގެ މަގުން ރާއްޖެ އެތެރެކޮށްފައިވާ ޝިޕްމެންޓެއްގައި
މަސްތުވާތަކެތި ހުރިކަމަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާގުޅިގެން މިރޭ އެ
ޝިޕްމެންޓް ބަލައި ފާސްކުރުމަށް ހިންގުނު ޚާއްސަ އޮޕަރޭޝަނެއްގެ ތެރޭގައި
ކަމަށެވެ. އަތުލައިގަނެވުނު މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގެ ތަހުލީލުތަކުން
ވަނީ މެތަމްފެޓަމައިނަށް ޕޮޒިޓިވް ވެފައެވެ.
އަތުލައިގަތް
މަސްތުވާތަކެތީގެ ބަރުދަނުގައި 3.6 ކިލޯ ހުރިއިރު، މަގުމަތީ އަގަކީ ގާތްގަނޑަކަށް
7.2 މިލިއަން ދިވެހި ރުފިޔާއަށް އަރާނޭކަމަށް ލަފާކުރެވޭކަމަށް ކަސްޓަމްސްއިން
ވަނީ ބުނެފައެވެ.
ކަސްޓަމްސްއިން ވަނީ ކުރިއަރ
މެދުވެރިކޮން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގައި ފޮރުވާ އެއްކިލޯގެ
މަސްތުވާތަކެތި އަތުލައިގަނެފައެވެ. އެތަކެތީގެ އަގު 2.5 މިލިއަން ރުފިޔާއަށް
އަރާނޭކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
ރާއްޖެ އެތެރެކުރަން އުޅުނު 7.2 މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި އަތުލައިގަނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ