މިލާން (މެއި 30) - އޭސީ މިލާނުގެ ކޯޗަކަށް ހުރި ސާޖިއޯ ކޮންސެސާއޯ، ހަ މަސް ދުވަހަށް ފަހު މަގާމުން ވަކިކޮށްފި އެވެ.
ކޮންސެސާއޯ އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ ޑިސެމްބަރު މަހުގެ ފަހުކޮޅުގަ އެވެ. އެއީ، ސީޒަން ފެށިއިރު، މިލާނުން ގެނައި ކޯޗު ޕައޮލޯ ފޮންސޭކާ ވަކިކުރުމަށް ފަހު އެވެ.
އިޓާލިއަން ލީގުގައި އިންޓަ މިލާން، ލާޒިއޯ އަދި ޕާމާ އަށް ކުރިން ކުޅުނު މިޑްފީލްޑަރު، ކޮންސެސާއޯ، 50، ޑިސެމްބަރު މަހު މިލާނާ އެކު، 18 މަސް ދުވަހުގެ ކޮންޓްރެކްޓެއް ސޮއިކުރި ނަމަވެސް، އެ އެއްބަސްވުމުގެ ދެބައި ކުޅަ އެއްބައި ވެސް ފުރިހަމަ ނުކުރެވި ވަޒީފާ ގެއްލުނީ އެވެ.
ކުރިން ޕޯޓޯ އަށް ކޯޗުކޮށްދިން ކޮންސެސާއޯ އެ ޓީމުގައި ހަ އަހަރުން 11 ތަށި ހޯދިއިރު، މިލާނާ ހަވާލުވެ، ހަފްތާއެއްގެ ތެރޭގައި އެ ޓީމަށް އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްދިނެވެ. އެކަމަކު، ޔޫރަޕް ފުޓްބޯޅައިގެ ޖާގައެއް އަންނަ ސީޒަނުގައި ހޯދަން މިލާނަށް އޮތް ފުރުސަތު ގެއްލުނީ އިޓާލިއަން ކަޕް ފައިނަލުގައި ބޮލޯނިއާ އަތުން ބަލިވުމުންނެވެ. ލީގުގައި މިލާނުން ސީޒަން ނިންމާލީ އަށް ވަނައިގަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، މިލާނުން ކޯޗުކަމަށް ގެންނަނީ ކުރިން އެ ޓީމަށް އިރުޝާދުދިން މަސިމޯ އަލެގްރީ އެވެ. ކުރިން ޔުވެންޓަސް އަށް ވެސް ކޯޗުކޮށްދިން، އަލެގްރީ ވަނީ 2010 އިން 2014 އަށް މިލާނަށް ކޯޗުކޮށްދީފަ އެވެ.
މިލާނުން ހަ މަހަށް ފަހު ކޮންސެސާއޯ ކޯޗުކަމުން ވަކިކޮށްފި މިލާނުން ހަ މަހަށް ފަހު ކޮންސެސާއޯ ކޯޗުކަމުން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ