ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގެންފި

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައޫދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް މުޙައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ވީކިހިނެއް؟ - ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގަތީ ސައުދީ ސަރުކާރުގެ ހާއްސަ ދައުވަތަކަށެވެ.
ތަފްސީލް - ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ރައީސްގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ތިއްބަވާނީ ވެސް ސައުދީ ސަރުކާރުގެ ހާއްސަ މެހްމާންދާރީގަ އެވެ.
ރައީސް މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގައި ހިމެނި ވަޑައިގަންނަވަނީ:
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލުގެ ދެކަނބަލުން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު 
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ ދެކަނބަލުން
އިސްލާމީ މަރުކަޒުގެ އިސް އިމާމު، ޝައިހް މުހައްމަދު ލަތީފް
ޗީފް އޮފް ޕްރޮޓޮކޯލް މުހައްމަދު ޝަހުދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ