މާލެ، ހުޅުލެ، ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުން ފަސް ގަޑިއިރަށް ވުރެ ގިނައިރު ވަންދެން އެއްކޮށް ކަރަންޓު ކެނޑުނު ސަބަބު ދެނެގަތުމަށް ފަހު ހާމަކުރާނެ ކަމަށާއި، އެ މައްސަލަ ތަކުރާރު ނުވާނެހެން ސްޓެލްކޯއިން ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު 12:45 ހާއިރު ކަރަންޓު ކެނޑުނު ގޮތަށް މުޅި މާލެ އާއި ހުޅުމާލޭގެ ބޮޑު ބަޔަކަށް ކަރަންޓު ދެވުނީ އިރުއޮއްސުން ފަހުންނެެވެ.
ކަރަންޓު ވިއުގައަކުން ގުޅުވައިފައިވާ، މާލެއާއި ހުޅުމާލޭގެ ދެ ފިޔަވަހިން އެއް ފަހަރާ ކަރަންޓު ކެނޑުނު މައްސަލައާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށާއި މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދީފައިވާ ކަމަށެވެ.
އޭނާ ވަނީ، ކަރަންޓު އަލުން ދިނުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.
“މީގެ އިތުރުން، މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް މި ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން. އަދި މީގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މަޢާފަށް އެދެން،” ފަހުމީ ލިޔުއްވާފައިވެއެވެ.
މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލަ ފުލުހުން ތަހްގީގުކުރަނީ “ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް” އުފައްދައިފި ހީނާގެ ބައްޕަ ހަސަން ވަލީދު ނިޔާވެއްޖެ ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބް ރައީސް މާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ