ދިރާގުން ދިވެހި ހައްޖާޖީންނަށް ހާއްސަކޮށް ސައުދީ އަރަބިއްޔާއަށް ހާއްސަކޮށް އަގުހެޔޮ ރޯމިން ޕެކޭޖެއް ހިމެނޭ ގޮތުން 46 ގައުމަކަށް ރޯމިންގެ ހާއްސަ އަގުހެޔޮ ޕެކޭޖްތަކެއް ތަޢާރަފްކޮށްފި އެވެ.
ތަފްސީލް - ދިރާގުން ބުނީ އެ ޕެކޭޖްތަކަކީ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އަމާޒުކޮށްގެން ތަފާތު މުއްދަތުތަކަށް ނެގޭގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖްތަކެއް ކަމަށެވެ. އެ ޕެކޭޖްތަކުގެ އަގު ފެށެނީ:
150ރ. އިން ފެށިގެން 775ރ.އާ ހަމައަށް
މި ޕެކޭޖްތައް ލިބޭ ގައުމުތަކުގެ ތެރޭގައި ދިވެހިން އާންމުކޮށް ދަތުރުކުރާ އިންޑިއާ، ސްރީލަންކާ، މެލޭޝިއާ، ތައިލެންޑް، އޮސްޓްރޭލިއާ، ޗައިނާ އަދި ސައުދީ ހިމެނޭ
ހައްޖާއި އމްރާއަށް ސައުދީއަށް ދަތުރުކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާ ޕެކޭޖުގައި ހިމެނެނީ:
4 ޖީބީގެ ޑޭޓާ 375ރ. އަށް
ދިރާގުގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ޕެކޭޖްތައް ދިރާގު އެޕް އަދި މައި އެކައުންޓް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެ އެވެ. ދިރާގުން ބުނީ އެ ޕެކޭޖްތައް ބޭނުންކުރެވޭނީ ޑޭޓާ ރޯމިން އެކްޓިވޭޓްކޮށްފައިވާ ނަންބަރުތަކަށް އެކަނި ކަމަށެވެ.
ދިރާގުން ބުނީ މިއާ ޕެކޭޖްތަކާ އެކު ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިރާގު ކަސްޓަމަރުންނަށް އިތުރު ސިމްކާޑެއް ހޯދުމުގެ ބަދަލުގައި އެ މީހުންގެ މިހާރުގެ ސިމް މެދުވެރިކޮށް ރޯމިން ޕެކޭޖެއް އެކްޓިވޭޓްކޮށްލައިގެން ފަސޭހަކަމާއެކު ޑޭޓާ ބޭނުންކުރެވޭނެ މަގު ފަހިވާނޭ ކަމަށެވެ.
ސަޅި! ދިރާގުން ހައްޖު ޕެކޭޖަކާ އެކު 46 ގައުމަކަށް އަގުހެޔޮ ރޯމިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ