މޫސުން ގޯސްވެ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށެވެ.
އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މެންދުރު 11:30 އިން ހަވީރު 17:30 އާ ހަމައަށެވެ.
Advertisement
މެޓް އޮފީހުން ބުނީ އެވަގުތު ތަކުގައި އެ ސަރަހައްދަށް ބޯކޮށްވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން މިއަދުގެ މޫސުން ލަފާކޮށް ބުނެފައިވާ ގޮތުގައި، މެދު ރާއްޖެ ތެރެއާއި އުތުރަށް ވިއްސާރަ ކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރާއިރު ދެކުނުގެ އެކި ރަށްތަކަށްވެސް ކެރީގެ އަސަރު ކުރާނެއެވެ.
މެޓް އޮފޯހުން ލަފާކުރާ ގޮތުގައި ރާއްޖޭގެ މެދުރާއްޖެ ތެރެއާއި އުތުރަށް އިރުއުތުރާއި އިރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ.
އެހެން ސަރަހައްދުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭ ކަމަށްވެސް ލަފާކޮށްފައުވެއެވެ.
މީގެ އިތުުރުން ދެކުނުގެ އަތޮޅުތަކަށް ކަނޑު މަޑުވާނެ ކަމަށް މެޓްއޮފީހުން ލަފާކުރާއިރު، އުތުރާއި މެދުރާއްޖެ ތެރެއަށް އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށްވެސް ލަފާކުރެއެވެ. އެހެންކަމުން އުތުރާއި މެދުރާއްޖެތެރޭގައި ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައުވެއެވެ.
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދަށް ހުދު ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ