ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ވެރިޔަކު އޭނާއަށް ބިރު ދެއްކިކަން ހާމަވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މިކަން ހާމަވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިއަށްގެންދާ އަޒްމިރާލްދާގެ ސުލޫކީ މައްސަލާގެ ސިއްރު ތަހުގީގަށް އޭނާ ހާޒިރުކުރުމުންނެވެ.
އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލް އަދަދު ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައާ ގުޅިގެން ސަރުކާރުގެ އޮފިޝަލު ފަނޑިޔާރަށް ނުފޫޒު ފޯރުވުމަށް ގުޅީ އެހެން މީހަކު މެދުވެރިކޮށް ކަމަށެވެ/
"މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގެ ކުރިއަށް ފަނޑިޔާރަށް ނުފޫޒު ފޯރުވުމަށް މި މައްސަލައާ ގުޅުވާ އެކި ފަރާތްތަކުން މަސައްކަތް ކުރެއްވިކަން ތަފުސީލާއެކު ފަނޑިޔާރު ވިދާޅުވެދެއްވި،" ވަކީލު ވިދާޅުވި އެވެ.
ނުފޫޒު ފޯރުވަން މަސައްކަތްކުރީ ކޮން ބައެއްކަން މިވަގުތަށް ހާމަކުރަން ބޭނުންނުވާ ކަމަށް ޝާމިލް ވިދާޅުވުމުން އިތުރަށް ކުރި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވަނީ އެއީ ސަރުކާރުގެ އޮފިޝަލެއްކަން ފާހަގަކުރައްވާފަ އެވެ.
"ސަރުކާރަށް ނިސްބަތްވާ ފަރާތަކުން އެހެން ބޭފުޅަކު މެދުވެރިކޮށް މެސެޖު ޕާސް ކުރެއްވި ކަމަށް ހިސާނުމެން ދައުރުގެ ސުލޫކީ މައްސަލައެއް ވެސް އެބައޮތް ކަމަށް ނުބަލާ. ސީދާ އެ މައްސަލައާ ގުޅިގެން ފަނޑިޔާރާށް ސަރުކާރުގެ އިސް ފަރާތަކުން މެސެޖު ޕާސްކޮށްފަ އޮތް ކަމަށް [ފަނޑިޔާރު] ވިދާޅުވީ،" ވަކީލު ޝާމިލް ވިދާޅުވި އެވެ.
ހުލާސާކޮށް އިއްޔެ: ފަނޑިޔާރު އަޒްމިރާލްދާއަށް ބިރު ދެއްކި ހުލާސާކޮށް އިއްޔެ: ފަނޑިޔާރު އަޒްމިރާލްދާއަށް ބިރު ދެއްކި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ